Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން

ދީނާ ހިލާފު ކަމެއް ކުރާ ނަމަ އެކަން ބަލައި، ފިޔަވަޅު އަޅާނަން: ސަރުކާރު

02 ނޮވެމްބަރ 2022

ރާއްޖޭގައި އިސްލާމްދީނާ ދީނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި އިސްލާމްދީނާ ދީނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާން މިއުވާން މުހައްމަދު އެހެން ވިދާޅުވީ، އައްޑޫ ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އިންޑިއާގެ އެފްކޮން ކުންފުނީގެ މުވައްޒަފުން ހިންދޫ ދީނުގެ އަޅުކަން ކުރުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. އެއީ، ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއެއް ފެށުމަށް އެހެން ގައުމެއްގެ ދީނީ އަޅުކަން ބަޔަކު އިސްކޮށް، އެ ގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނާއި ރާއްޖޭގެ ބައެއް މީހުން ވެސް އިސްލާމްދީނާ ހިލާފު ކަންކަން ކުރާ ކަމުގެ ކަންބޮޑުވުން ފަހަކަށް އައިސް ވަނީ އިތުރު ވެސް ވެފަ އެވެ.

އިސްލާމް ދީނާ ހިލާފު މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ފިޔަވަޅު އަޅާ ތަން ނުފެންނަ ކަމަށް މިއަދުގެ ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ބުނުމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމެއް ކަމަށާއި ދީނާ ހިލާފު ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރާ ނަމަ ބަލަން ނުތިބެ ފިޔަވަޅު އަޅާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

"ދީނާ ހިލާފު ކަމެއް ހިނގާ ނަމަ އެފަދަ ކަމެއް ހިނގާތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ. އަޅުގަނޑުމެން ދޫކޮށެއް ނުލާނެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނާ ހިލާފު އަމަލެއް ރާއްޖޭގައި ހިންގުމުގު ފުރުސަތެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫގެ ހިންދޫ ދީނުގެ އަޅުކަމެއް ކުރުމުން، ދިވެހިން އިންޑިއާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެ ދިވެހި ސަރުކާރަށް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ އަމަލު ނުހުއްޓުވުމުން ވެސް މީހުން ވަނީ ރުޅިގަދަ ވެފަ އެވެ.

ދިވެހިން ފިރިހެނުންތަކެއް އަންހެން ހެދުން ލައިގެން މަގުމަތީގައި އުޅުން މައްސަލައެއް ވެސް ވަރަށް ފަހުން ފެންމަތިވި އެވެ.