10 ޖުލައި 2019
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އަނިޔާ ކުރުމުގެ ސަގާފަތް ކޮންމެވެސް ވަރަކަށް އަދިވެސް އެބައޮތް ކަމަށާއި އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އަނިޔާ ކުރުމުގެ ސަގާފަތް ކޮންމެވެސް ވަރަކަށް އަދިވެސް އެބައޮތް ކަމަށާއި އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މ. އުޖާލާގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ފުލުހުންތަކެއް ބިދޭސީއެއްގެ ގައިގައި ތަޅައިގަތް މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ހާޒިރުކުރުމުން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ އަހުމަދު ވިދާޅުވީ، އެއްވެސް މީހަކަށް އަނިޔާ ކުރުމަކަށް ހިތްވަރު ނުދޭނެ ކަމަށާއި އިންސާނީ ހައްގުތަކުގައި ދިފާއުގައި ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
"މަދުން ނަމަވެސް އަންނަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު ހުންނާނީ އަޅާފައި. އަތުގައި ތަފާސްހިސާބުތައް ހުންނާނެ. މިހާރު ހުށަހަޅައިގެން އުޅޭ މައްސަލައިގައި ހުރިހާ ލެވެލެއްގައި މައްސަލަ ބަލައި މިވަރުން މަސައްކަތް ކުރަނީ [އަނިޔާ ކުރުމަށް] މިކަމަށް ޖާގަ ނުދެން،" އަބްދުﷲ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މިރޭގެ ބައްދަލުވުން. --- ފޮޓޯ: މަޖިލިސް
މިފަދަ ކަންކަން ހުއްޓާލުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އާއި ފުލުހުންގެ ވެރިން އަބަދުވެސް ބާރު އަޅުއްވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ފުލުހުން ރައްޔިތުންނާ މުއާމަލާތް ކުރާ ގޮތުގެ ޝަކުވާ ވެސް ވަރަށް ގިނަ އިން އާދެ އެވެ.
މާފަންނުގައި ހުރި ގެ ބަލައި ފާސްކުރުމުގެ ތެރެއިން މީހަކަށް ފުލުހުން އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އެ މައްސަލަ ބެލުމަށް ޕޮލިސް ކޮމިޝަނަރު ހަމީދު، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އަންގަވާފައި ވަނީ އެ ކަން ހިނގި ރެ އެވެ. އެކަމަށް ހާއްސަ ޓީމެއް އެކުލަވާލައި ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު ހަތް ފުލުހަކު ވަޒީފާ އިން ވަނީ ސަސްޕެންޑްކޮފަ އެވެ.
ފުލުހުން އެ ގެ އަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެ ގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ ގޭގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފަހަތުން ދުވެފައިގޮސް މަގުމަތިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ ބަންގްލަދޭޝް މީހާ އަށް މާ ބޮޑެތި އަނިޔާތަކެއް ބޭރު ފުށުން ފެންނަން ނެތް ކަމަށެވެ. އެކަމަކު، ފިލަން އުޅުނު މީހާ އަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު، އޭނާ ވެއްޓުނީ ފިލަން ދުވި ވަގުތު އޭސީ އައުޓްޑޯއެއްގެ މައްޗަށް ކަމަށް މަޖިލިހުގެ ކޮމިޓީގައި ފުލުހުން ވަނީ ބުނެފަ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަން ހިންގުމުގައި ނުވަ ފުލުހަކު ބައިވެރިވި އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ހަ ފުލުހަކު ބިދޭސީ މީހާ އަށް އަނިޔާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު، އަށް ފުލުހަކާ މެދު ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ނަމަވެސް، ސަސްޕެންޑް ކުރީ ހަތް ފުލުހަކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އޮޕަރޭޝަންގައި ދެން ތިބި ދެ ފުލުހުން ސަސްޕެންޑް ނުކުރާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މިރޭގެ ބައްދަލުވުން. --- ފޮޓޯ: މަޖިލިސް
"ނަމަވެސް މިވެނި އަމަލެއް ހިންގީ މިވެނި ފުލުހެކޭ، އެގޮތަށް ދަންނަވަން އަދި ދަތި،" ފުލުހުންގެ އަމަލުތައް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި އަބްދުﷲ ވިދާޅުވި އެވެ.
ބިދޭސީއަކަށް އަނިޔާ ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޓީގައި ދެ ކޮމިޝަންގެ ވެރިން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި މ. އުޖާލާގެ އިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން މީހަކަށް ހަމަލާދީފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ. އަދި އެ މަންޒަރު އާންމުންގެ ބަޔަކު ވީޑިއޯ ކުރުމުން، އެ ވީޑިއޯ ޑިލީޓް ކުރުމަށް އެ ފުލުހުން މަސައްކަތް ކުރި އެވެ.
"ބަޣާވާތުގެ ގޮވެލި އެބަ ބާރުވޭ، ފިޔަވަޅު އަޅައިދީ"
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމުން ކުށްވެރިކޮށްފި
ހަތަރު މައިންނަށް އަނިޔާކުރި މައްސަލަ ކޮމިޓީން ބަލަނީ
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލަނީ
ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
އަނިޔާކުރި ފުލުހުންގެ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ
ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނަން: އިމްރާން