މިއަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވެއްޖެ އެވެ.
11 ޖުލައި 2019
މިއަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވެއްޖެ އެވެ.
އެމްއެމްއޭ އިން އިއްޔެ ނެރުނު ތަފާސްހިސާބު ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް އިންޑިއާ އިން 66،265 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ. މިދިޔަ އަހަރު މެއި މަހުގެ ނިޔަލަށް އައީ 33،734 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން އަންނަނީ ރާއްޖެ އަށް އަންނަ އިންޑިއާ ޓޫރިސްޓުން އިތުރުކުރުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު އެމްއެމްޕީއާރުސީން ވަނީ "ޖާނީ ޓު ދަ ސަނީ ސައިޑް" ޕްރޮމޯޝަނުގެ ދަށުން އިންޑިއާގައި ރޯޑު ޝޯއެއް ވެސް ބާއްވައިފަ އެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް އިންޑިއާގެ ޓީވީ އަދި ފިލްމީ ތަރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އިންޑިއާގެ މާކެޓަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއެރުވޭނެ މާކެޓެއް ކަމަށެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެއީ 116،282 ޓޫރިސްޓުންނެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިޓަލީންނާއި އިންޑިއާއިންނެވެ. އެގޮތުން އިޓަލީން މި މުއްދަތުގައި 71،334 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މިއަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މެއި މަހުގެ ނިޔަލަށް 7،49،114 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ކޮންމެ 4 ޓޫރިސްޓުންގެ ތެރެއިން އެކަކީ އިންޑިއާ މީހެއް
ރަޝިއާ ވައްޓާލައި އަނެއްކާވެސް އިންޑިއާ ކުރި ހޯދައިފި
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
ފުރަތަމަ ޓޫރިސްޓު، ރާއްޖެއަށް އޮތީ އާއިލީ ލޯތްބެއް
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟