ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާގެ އަދަދުތައް ދަށަށް ގޮސް ރަޝިއާއަށް ކުރި ލިބިފައި އޮންނަތާ ދޮޅުމަސް ފަހުން އަނެއްކާވެސް އިންޑިއާ ކުރި ހޯދައިފި އެވެ.
13 ސެޕްޓެމްބަރ 2021
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާގެ އަދަދުތައް ދަށަށް ގޮސް ރަޝިއާއަށް ކުރި ލިބިފައި އޮންނަތާ ދޮޅުމަސް ފަހުން އަނެއްކާވެސް އިންޑިއާ ކުރި ހޯދައިފި އެވެ.
މިދިޔަ މެއި މަހު ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާ ކުރުމުގެ ކުރިން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް އެ ގައުމުން ޓޫރިސްޓުން އައުން މަނާކޮށް ދެ މަސް ދުވަހުގެ މެދުކެނޑުމެއް އައުމުން ރަޝިއާ ވަނީ އެ ލިސްޓުގެ އެއްވަނައަށް އަރައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް އިންޑިއާއިން ވަނީ އަނެއްކާ ވެސް ލިސްޓުގެ ކުރިއަށް އަރައިފަ އެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 172،104 ޓޫރިސްޓުން އައިސްފައި ވާއިރު ރަޝިއާއިން މިހާތަނަށް އައީ 162،801 ޓޫރިސްޓުންނެވެ.
މިދިޔަ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފައި ވާއިރު މީގެ ތެރެއިން ވެސް ގިނައީ އިންޑިއާ ޓޫރިސްޓުންނެވެ. މިދިޔަ މަހު އައި އިންޑިއާ ޓޫރިސްޓުންގެ އަދަދު ގިނަވީ ބައެއް ގައުމުތަކުން އެ ގައުމު ރެޑްލިސްޓުގައި ހިމަނާފައިވާތީ ކަރަންޓީން މުއްދަތު ރާއްޖޭގައި ހޭދަކުރަން ގިނަ ބަޔަކު ރާއްޖެ އައުމުންނެވެ.
އިންޑިއާ ރަޝިއާގެ އިތުރުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި އެމެރިކާ އަދި ޔޫކްރެއިނާއި ސައުދިއަރަބިއްޔާ ހިމެނެ އެވެ.
މިއަހަރުގެ މިހާތަނަށް 788،846 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިއަހަރު ނިމޭއިރު އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ކޮންމެ 4 ޓޫރިސްޓުންގެ ތެރެއިން އެކަކީ އިންޑިއާ މީހެއް
އިންޑިއާ އިން އައި ޓޫރިސްޓުން ދެ ގުނަ އިތުރުވެއްޖެ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
ފުރަތަމަ ޓޫރިސްޓު، ރާއްޖެއަށް އޮތީ އާއިލީ ލޯތްބެއް
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟