Roadha Mihaaru
އަނގަމަތީގައި ޓޭޕް އަޅައިގެން ނިދާ ލަވަކިޔުންތެރިއެއް

އަނގަމަތީގައި ޓޭޕް އަޅައިގެން ނިދާ ލަވަކިޔުންތެރިއެއް

13 ޖުލައި 2019

ނިދަންވީ އަނގަމަތީގައު ޓޭޕް އަޅައިގެންނޭ ބުނެފި ނަމަ ބައެއް މީހުންނަށް އެކަން ޖޯކަކަށް ވެދާނެ އެވެ. އެކަމަކު އިންޑޮނީޝިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑީން އާއި އާއިލާ ނިދަނީ އަނގަމަތީގައި ޓޭޕް އަޅައިގެންނެވެ. އުމުރުން 33 އަހަރުގެ ލަވަކިޔުންތެރިޔާ އާއި އޭނާގެ ފިރިމީހާ އާއި ދެ އަހަރުގެ ދަރިފުޅު އަނގަމަތީގައި ޓޭޕް އަޅައިގެން ނިދާތާ މިހާރު ތިން މަހެއްހާ ދުވަސްވެއްޖެ ކަމަށާއި މިކަމުގެ ސަބަބުން އެ މީހުންގެ ނިދީގެ ކޮލިޓީ އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ބުންޏެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންޑީން އިންސްޓްރާމްގައި ބުނީ އަނގަމަތީގައި ޓޭޕް އަޅައިގެން ނިދުމަކީ އާ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ގަދީމީ ޕްރެކްޓިސްއެއް ކަމަށް ހަނދާންކޮށް ދީފައިވެ އެވެ. މިއަށް ކިޔަނީ "ބުޓޭކޯ" އެވެ. މިއީ 1950 ގައި ސޮވިއެޓް ޑޮކްޓަރެއް ކަމަށްވާ ކޮންސްޓާންޓިން ޕަލްވޮވިޗް ބުޓޭކާ ތައާރަފުކޮށް ދިން ކަމަކަށްވާތީ އޭނާ އަށް ނިސްބަތްކޮށް ނަން ދީފައި ވަނީ އެވެ.

އެ ޑޮކްޓަރު ވިދާޅުވެފައިވާ ގޮތުގައި ނޭވާހިއްލުން ފަދަ ކަންކަން ކުރިމަތިވަނީ ނޭވާލާން ޖެހޭ ގޮތް ނޫން ގޮތަށް ނޭލާލާތީ އެވެ.

އެހެންވެ އަނގަމަތީގައި ޓޭޕް އަޅައިގެން ނިދުމުން ނޭފަތުން ރަނގަޅަށް ނޭވާ ލެވި، ފުރަމެއަށް ދިމާވާ މައްސަލަތަކުން ވެސް ސަލާމަތްކޮށްދޭ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މި ނޫން ވެސް ބައެއް ފައިދާތައް ލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އެންޑީން ބުނާ ގޮތުގައި "ބުޓޭކޯ" ތަޖުރިބާ ކުރަން ފެށި ފަހުން، އޭނާގެ ނިދުމުގެ ކޮލިޓީ ރަނގަޅުވެ، ކަރުތެރެ ހިކުން ކަހަލަ މައްސަލަތަކަށް ވެސް ހައްލު ލިބިފައިވެ އެވެ. އަދި އަނގަމަތީގައި ޓޭޕް އަޅައިގެން ނިދުމަކީ އަނގައިން ދުވާ ނުބައި ވަހުން ވެސް ސަލާމަތްވެވޭ ކަމެއް ކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އިންޓަނޭޝަނަލް ބުޓޭކޯ ކްލިނިކްގެ ބާނީ ޕެޓްރިކް މެކިއޯން ބީބީސީ އަށް ވިދާޅުވި ގޮތުގައި އަނގަ ހުޅުވިފައި އޮވެގެން ނިދުމަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯއެސްއޭ) އަށް ދިމާވާ އެއް ސަބަބެވެ. އެހެންވެ ނިދާ އިރު އަނގަ ބަންދުވެފައި ހުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އެކަމަކު ސުވާލަކީ މިއީ ހަމަ އެންމެ ރައްކާތެރި ގޮތަކަށް ވެދާނެތޯ އެވެ؟ ބައެއް ޑޮކްޓަރުން އެކަމާ އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ އެއީ ލަފާ ދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އީއެންޓީ ސަޖަން/ސްލީޕް ސްޕެޝަލިސްޓް ޑރ. ކެތުލީން ޔަރެމްޗޫ ވިދާޅުވި ގޮތުގައި ނޭފަތުން ނޭވާލުމުގެ މުހިއްމުކަން ބޮޑުވިޔަސް، އަނގަމަތީގައި ޓޭޕް އަޅައިގެން ނިދުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"މިސާލަކަށް ނިދީގައި ކެއްސުން، ކިނބިއްސެއް އެޅުން ނޫނީ މިސާލަކަށް ހޮނޑުލެވުން ކަހަލަ ކަމެއް ކުރިމަތިވާ ހާލަތުގައި އަނގަތިމަތީގައި ޓޭޕް އަޅައިގެން އޮވެއްޖެ ނަމަ ދިމާވެދާ ހާލަތަކާ ދޭތެރޭ ވެސް ސީރިއަސްކޮށް ވިސްނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކެތުލީން ވިދާޅުވި ގޮތުގައި ވަކިން ހާއްސަކޮކޮށް އުމުރުން ފަސް އަހަރު ނުވާ ކުދިން އަނގަމަތީގައި ޓޭޕް އަޅުވާފައި ނިންދެވުމަކީ ނުރައްކާތެރި ކަމެކެވެ.