އިންޖީނު ލީ އުޅަނދުފަހަރު ދުއްވޭނެ މުއްދަތެއް ކަނޑައެޅުމުގެ މައްސަލަ ކެބިނެޓަށް ފޮނުވައިފި އެވެ.
16 ޖުލައި 2019
އިންޖީނު ލީ އުޅަނދުފަހަރު ދުއްވޭނެ މުއްދަތެއް ކަނޑައެޅުމުގެ މައްސަލަ ކެބިނެޓަށް ފޮނުވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެކަމާ ގުޅޭ ޕޭޕަރެއް ތައްޔާރުކުރުމަށް ފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މަޝްވަރާކުރުމަށް ފަހު، އިންޖީނު ލީ އުޅަނދު ދުއްވުމުގެ މުއްދަތާ ގުޅޭގޮތުން ގޮތްތަކެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައ ވެހިކަލްތަކުގެ އޭޖެއް އޮންނަންޖެހޭ. އަބަދު ވެސް މި ވާހަކަ ދައްކަނީ ތިމާވެއްޓާ ރައްޓެހި، ތިމާވެއްޓާ ގުޅުންހުރި ނޫނީ ނޭވާލަން ފަސޭހަ މާހައުލެއް ބިނާކުރާ ވާހަކަ. އެގޮތަށް އަޅުގަނޑުމެން އެންމެން ވާހަކަދައްކާއިރު ކުޑަކޮށް އުނދަގޫތަކެއް އަންނަ ހާލަތެއް އައިސްދާނެ،" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ފަދަ އެއްޗެހި ދުއްވައިގެން ލިބޭ އާމްދަނީން އުޅޭ ކިތައްމެ އާއިލާއެއް އެބަހުރި ކަމަށެެވެ. އެކަމަކު އުސޫލުތަކެއް ހަދާފައި އޮންނައިރު އެކަމަށް އެންމެން ތަބާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކު ވެސް މަދުވެގެން 10،000 އެއްގަމު އުޅަނދު އަލަށް ރާއްޖޭގައި ރަޖިސްޓްރީކުރެ އެވެ. އަދި މި ސަރަަހައްދުގައި ދުއްވަން 64،000 ސައިކަލާއި 4500 ކާރު/ވޭން ރަޖިސްޓްރީކޮށްފައިވާއިރު ޕިކަޕް/ލޮރީ ފަދަ 2500 އުޅަނދު ދުއްވަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ބުނިގޮތުގައި ރާއްޖޭގައި މިހާރު ދުވާލަކު އެވްރެޖްކޮށް 44 ސައިކަލު ރަޖިސްޓްރީ ކުރެ އެވެ. އެހެންވެ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ގޮތްތަކެއް ނިންމަންޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވެސް ބުނެފައި ވެ އެވެ.
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
ވަގުލިޔުން ހުށަހެޅި ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލް
ވެހިކަލްތައް އެތެރެކުރުމުގައި އޮޅުވާލާ މައްސަލަ ބަލަނީ
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ސިފައިންގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ހޯދަނީ
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!