ވޮޝިންޓަން (ޖުލައި 17) - މިއަންމާ ސިފައިންގެ ވެރިޔާ އައުންގް ހައިން އާއި އެ ގައުމުގެ ސިފައިންގެ އިތުރު ތިން އޮފިސަރުންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި އެވެ.
17 ޖުލައި 2019
ވޮޝިންޓަން (ޖުލައި 17) - މިއަންމާ ސިފައިންގެ ވެރިޔާ އައުންގް ހައިން އާއި އެ ގައުމުގެ ސިފައިންގެ އިތުރު ތިން އޮފިސަރުންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މިއަންމާ ސިފައިންގެ ވެރިންނަށް ތިބި މީހުން ރޮހިންޖާ މުސްލިމުންގެ ދަރިކޮޅު ނައްތާލުމަށް މަސައްކަތް ކޮށްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. މީގެ ދެ އަހަރު ކުރިން މިއަންމާގެ އަސްކަރިއްޔާ އިން ހިންގި ބޮޑު ޖަރީމާގައި 740،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
އދ. އިން ބުނެފައި ވަނީ މިއަންމާ އިން މަސައްކަތްކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލަން ކަމަށެވެ.
"އެމެރިކާ އަކީ މިއަަންމާގެ ސީނިއާ ލީޑަޝިޕާ ދެކޮޅަށް ފިޔަވަޅު އެޅި ފުރަތަމަ ގައުމު،" އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ކޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ. "މިއަންމާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ދެކޮޅަށް މިއަންމާ ސަރުކާރުން ފިޔަވަޅު އަޅާފައިނުވާތީ އެމެރިކާ އިން ކަންބޮޑުވޭ."
އެމެރިކާ އިން ދެން ފިޔަވަޅު އަޅާފައި ވަނީ ސިފައިންގެ ވެރިޔާގެ ނައިބް ސޮއެ ވިން އާއި ބްރިގޭޑިއާ ޖެނެރަލް ތަން އޫ އަދި ބްރިގޭޑިއާ ޖެނެރަލް އައުން އައުންއާ ދެކޮޅަށެވެ. މިއަންމާ ސިފައިންގެ މި ހަތަރު އޮފިސަރުންގެ އާއިލާތަކާ ދެކޮޅަށް ވެސް އެމެރިކާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާކުރުން ހިމެނެ އެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން މިއަންމާގެ އަސްކަރިއްޔާގެ ވެރިންނަށް ކުރާނެ މާބޮޑު އަސަރެއް ނޯންނާނެ އެވެ. ސަބަބަކީ އެ މީހުންނަކީ އެމެރިކާ އަށް ދަތުރުކޮށް އުޅޭ ބަޔަކަށް ނުވާތީ އެވެ. ނަމަވެސް ކިޔެވުމަށާއި ޓޫރިސްޓުންގެ ގޮތުގައި އެމެރިކާ އަށް ދަތުރު ކުރާ އެ މީހުންގެ ދަރިންނަށް އެކަމުގެ ގެއްލުން ފޯރާނެ އެވެ.
މިއަންމާގެ އަސްކަރީ ވެރިންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އެޅި ނަމަވެސް އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއްް އަޅައިފައެއް ނުވެ އެވެ.
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް