ގާހިރާ، މިސްރު (ޖުލައި 19) - އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގައި މިރޭ އަލްޖީރިއާ އާއި ސެނެގޯލް ވާދަކުރާއިރު، 21 އަހަރަށް ފަހު ބަދަލެއް ފެނިގެންދާނެ އެވެ. އެއީ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ ބެންޗުން ވެސް އެ ގައުމަކަށް ނިސްބަތްވާ ކޯޗުން ފެނިގެން ދިއުމެވެ. ސެނެގޯލުގެ ކޯޗު އަލިއޫ ސީސޭ ވަނީ ކުރިން އެ ގައުމަށް ކުޅެފަ އެވެ. އަދި އަލްޖީރިއާގެ ކޯޗު ޖަމީލް ބެލްމާދީ އަކީ ކުރިން އެ ގައުމުގެ ހުނަރުވެރި މިޑްފީލްޑަރެކެވެ.
19 ޖުލައި 2019
ގާހިރާ، މިސްރު (ޖުލައި 19) - އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގައި މިރޭ އަލްޖީރިއާ އާއި ސެނެގޯލް ވާދަކުރާއިރު، 21 އަހަރަށް ފަހު ބަދަލެއް ފެނިގެންދާނެ އެވެ. އެއީ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ ބެންޗުން ވެސް އެ ގައުމަކަށް ނިސްބަތްވާ ކޯޗުން ފެނިގެން ދިއުމެވެ. ސެނެގޯލުގެ ކޯޗު އަލިއޫ ސީސޭ ވަނީ ކުރިން އެ ގައުމަށް ކުޅެފަ އެވެ. އަދި އަލްޖީރިއާގެ ކޯޗު ޖަމީލް ބެލްމާދީ އަކީ ކުރިން އެ ގައުމުގެ ހުނަރުވެރި މިޑްފީލްޑަރެކެވެ.
އެންމެ ފަހުން އެފްރިކާގެ ބޮޑު ފައިނަލަށް އެ ކުޅޭ ދެ ގައުމަށް ނިސްބަތްވާ ކޯޗުންނާ އެކު ނުކުތީ 1998 ވަނަ އަހަރު މިސްރާއި ދެކުނު އެފްރިކާ އެވެ. އެ ފަަހަރު މިސްރު 2-0 އިން މޮޅުވިއިރު، އެ ޓީމުގެ ކޯޗަކީ މަހުމޫދު އަލް ގޮހަރީ އެވެ. ދެކުނު އެފްރިކާ އަށް އިރުޝާދުދިނީ އެޕްރައިމް ސޯނޯ އެވެ.
މިދިޔަ އަހަރު އޮގަސްޓް މަހު އަލްޖީރިއާ ޓީމާ ހަވާލުވި ބެލްމާދީ ވަނީ ފުޓްބޯޅަ ކެރިއަރުގައި ފްރާންސްގެ ޕީއެސްޖީ އާއި މާސޭ އަދި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އާއި ސައުތެމްޓަނަށް ކުޅެފަ އެވެ. ސެނެގޯލުގެ 23 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކުރުމަށް ފަހު ސީސޭ، ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. މިޑްފީލްޑަރަކަށް ކުޅުނު ސީސޭ ވަނީ ކްލަބް ކެރިއަރުގައި ފްރާންސްގެ ލިއްލޭ އާއި ޕީއެސްޖީ އަދި އިންގްލެންޑްގެ ބާމިންހަމް ސިޓީ އަދި ޕޯޓްސްމައުތަށް ކުޅެފަ އެވެ.
ސެނެގޯލްގެ މާނޭ (ކ) އަތުން ބޯޅަ ހޯދަން އަލްޖީރިއާގެ މާރޭޒް މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
އެފްރިކަން ކަޕްގެ ތާރީހަށް ބަލާއިރު އެފްރިކާގެ ކޯޗުންނަށް ވުރެ އެހެން ބައްރުތަކަށް ނިސްބަތްވާ ކޯޗުންގެ ކާމިޔާބީ މި ވަގުތު އުޅެނީ ކުރީގަ އެވެ. އެފްރިކާގެ ކޯޗުންނަށް 15 ތަށި ހޯދުނުއިރު، އެހެން އެކި ގައުމުތަކުގެ ކޯޗުން ވަނީ އެފްރިކާ މުބާރާތުގައި 16 ތަށި ހަމަކޮށްފަ އެވެ. އެހެންކަމުން މި ފަހަރުގެ ފައިނަލުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެފްރިކާގެ ކޯޗުންނާއި އެހެން ބައްރުތަކުގެ ކޯޗުން ހަމަހަމަވާނެ އެވެ.
ތަފާތު ދެ ޓީމެއް ގޮވައިގެން މި މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ ފްރާންސަށް އުފަން ކޯޗު ހާވް ރެނާޑް އަތުގަ އެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ޒެމްބިއާ އަށް މި މުބާރާތް ކާމިޔާބުކޮށްދިނުމަށް ފަހު އޭގެ ތިން އަހަރު ފަހުން އައިވަރީ ކޯސްޓަށް ވެސް މި މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފް ހޯދައިދީފަ އެވެ.
މިރޭގެ ފައިނަލު ބޮޑަށް ހާއްސަވަނީ ސެނެގޯލަށެވެ. އެ ޓީމުން މިހާތަނަށް މި މުބާރާތުގެ ތަށި އުފުލާލާފައިނުވާއިރު، އެކަން ކާމިޔާބުކުރަން އޮތީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އަނެއްކޮޅުން ސެނެގޯލްގެ ކޯޗު ސީސޭ އަކީ 2002 ވަނަ އަހަރުގެ ފައިނަލުގައި އެ ޓީމު ބަލިވިއިރު ޓީމުގެ ކެޕްޓަންކަމަށް ވުމުން ކުޅުންތެރިޔެއްގެ ގޮތުގައި ޓީމަށް ހޯދައިނުދެވުނު ޝަރަފް ކޯޗަކަށް ހުރެ ހާސިލްކުރަން އޭނާ ވެސް ބޭނުންވެ އެވެ.
އަލްޖީރިއާ މި ވަގުތު ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތްއިރު ގައުމުގެ ހަމަޖެހުމަކަށް ވެސް މި މުބާރާތް ކާމިޔާބުކުރަން އެ ޓީމުގެ ކުޅުންތެރިން ބޭނުންވެ އެވެ. އަލްޖީރިއާ އިން މިހާތަނަށް މި މުބާރާތް ކާމިޔާބުކުރީ 1990 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތް އޮތީ ވެސް އެ ގައުމުގަ އެވެ.
އެފްރިކަން ކަޕްގެ ފައިނަލް އޮންނާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.
އަލްޖީރިއާ އިން އެފްރިކާ ކަޕް ކާމިޔާބުކޮށްފި
ފައިނަލުގައި ސެނެގޯލާއި އަލްޖީރިއާގެ ކުރިމަތިލުމެއް
ސަލާހުގެ މިސްރަށް އިންތިޒާރެއް، ސެނެގާލް ކޮލިފައިވެއްޖެ
މާނޭ، ފުރަތަަމަ ފަހަރަށް އެފްރިކަން ކަޕް ހޯދައިދީފި
މާނޭގެ ލަނޑާ އެކު ސެނެގާލް އެފްރިކަން ކަޕް ފައިނަލަށް
ސެމީ ފައިނަލުގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ
އެފްރިކަން ކަޕް: ސެނެގާލް އާއި މޮރޮކޯ ވެސް ކުއާޓައަށް
މެޗަކުން މޮޅު ނުވެ ޗެމްޕިއަން އަލްޖީރިއާ ކަޓައިފި
ޗެމްޕިއަން އަލްޖީރިއާ ކުޅުނު ފުރަތަމަ މެޗު އެއްވަރު
މާރޭޒަށް މިސްރުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަނީ