Roadha Mihaaru
ރިއާނާގެ "ފެންޓީ ބިއުޓީ" ގެ ފިހާރަތަކެއް އޭޝިއާ އަށް

ރިއާނާގެ "ފެންޓީ ބިއުޓީ" ގެ ފިހާރަތަކެއް އޭޝިއާގައި ހުޅުވަނީ

22 ޖުލައި 2019

"ފެންޓީ" ގެ ނަމުގައި މޭކަޕް ސާމާނާއި ފެޝަން ލައިނެއް ލޯންޗްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ "ފެންޓީ ބިއުޓީ" ގެ އުފެއްދުންތައް ވިއްކާ ފިހާރަތަކެއް އޭޝިއާގައި ހުޅުވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ފެންޓީ" ގެ ނަމުގައި މޭކަޕް ސާމާނާއި ފެޝަން ލައިނެއް ލޯންޗްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ "ފެންޓީ ބިއުޓީ" ގެ އުފެއްދުންތައް ވިއްކާ ފިހާރަތަކެއް އޭޝިއާގައި ހުޅުވަން ނިންމައިފި އެވެ.

އިންސްޓަގްރާމްގައި އޭނާ ބުނީ "ފެންޓީ ބިއުޓީ" ގެ އަށް ހާއްސަ ފިހާރަތައް ހުޅުވާނެ އޭޝިއާގެ ފުރަތަމަ ގައުމުތަކަކީ ހޮންކޮންގް، މަކޯއާ އަދި ދެކުނު ކޮރެއާ ކަމަށެވެ. އަދި އެ ގައުމުތަކުގައި އަންނަ ސެޕްޓެމްބަރު މަހު ފިހާރަތައް ހުޅުވާނެ ކަމަށް ބުންޏެވެ.

ބާބެޑޯސް އަށް އުފަން ރިއާނާ ބުނި ގޮތުގައި 2017 ގައި "ފެންޓީ ބިއުޓީ" ލޯންޗް ކުރި ހިސާބުން ވެސް އޭނާގެ އަމާޒަކަށްވެފައި އޮތީ ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އުފެއްދުންތައް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށެވެ.

އެގޮތުން އޭޝިއާ އަކީ ވަރަށް ބޮޑު މާކެޓެއް ކަމަށާއި "ފެންޓީ ބިއުޓީ" ގެ އުފެއްދުންތައް ކުރިއަށް އޮތް ތަނުގައި އޭޝިއާގެ ގިނަ ގައުމުތަކުން ގަންނަން ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ބުންޏެވެ.

ރިއާނާ މި ވާހަކަ ހިއްސާކުރުމާ އެކު ވަރަށް ގިނަ ފޭނުން ކަމަށް އެކަމަށް މަރުހަބާ ކިޔައި ކޮމެންޓްކޮށްފައިވެ އެވެ.

އުމުރުން 31 އަހަރުގެ ރިއާނާއަކީ ފޯބްސް އިން މި އަހަރު އާންމު ކުރި ލިސްޓްގައިވާ ގޮތުން މި ވަގުތު ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން ލަވަކިޔުންތެރިޔާ އެވެ. އަދި އޭނާގެ މިލްކިއްޔާތު 600 މިލިއަން ޑޮލަރަށް އަރަ އެވެ.