Roadha Mihaaru
އިންޑިއާ އިން ހަނދަަށް ފޮނުވާ އުޅަނދު އުދުއްސާލައިފި

އިންޑިއާ އިން ހަނދަަށް ފޮނުވާ އުޅަނދު އުދުއްސާލައިފި

22 ޖުލައި 2019

ނިއު ދިއްލީ (ޖުލައި 22) - އިންޑިއާ އިން ހަނދަށް ފޮނުވާ ޖައްވީ އުޅަނދު ކާމިޔާބުކަމާ އެކު މިއަދު އުދުއްސާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖުލައި 22) - އިންޑިއާ އިން ހަނދަށް ފޮނުވާ ޖައްވީ އުޅަނދު ކާމިޔާބުކަމާ އެކު މިއަދު އުދުއްސާލައިފި އެވެ.

ޗަންދުރަޔާން-2 އިންޑިއާ ގަޑިން މިއަދު 14:43 ގައި އުދުއްސާލީ ސްރިހަރިކޮޓާ ސްޕޭސް ސްޓޭޝަނުންނެވެ.

މީގެ ހަފުތާއެއް ކުރިން އިންޑިއާ އިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު އެންމެ ފަހު ވަގުތު ކެންސަލް ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.

އިންޑިއާގެ ސްޕޭސް އެޖެންސީ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ވެރިޔާ ވިދާޅުވީ ފުރަތަމަ މިޝަން ނާކާމިޔާބުވި ނަމަވެސް އެނބުރި އައީ "އުދުހޭ ކުލަތަކަކާ އެކު" ކަމަށެވެ. އުޅަނދު އުދުއްސާލާ މަންޒަރު ވަނި އިންޑިއާގެ ޓީވީތަކުން ވަގުތުން ދައްކައިފަ އެވެ. އަދި އުޅަނދު އުދުއްސާލުމާ އެކު ޖައްވީ އެޖެންސީގެ ކޮންޓްރޯލް ރޫމުން ފުޅާ ފާޅު ކުރަމުން ދިޔަ އެވެ.

"މިއީ ހަނދަށް ކުރާ ތާރީޚީ ދަތުރުގެ ފެށުމެއް،" އިސްރޯގެ ވެރިޔާ ކ. ސިވާން ވިދާޅުވި އެވެ.

އިންޑިއާ އިން އުއްމީދު ކުރަނީ ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަށްވުމަށެވެ. އެކަން ހާސިލް ކުރަން ފެށި 150 މިލިއަން ޑޮލަރުގެ މިޝަންގައި، ޖައްވީ އުޅަނދު ޗަންދްރަޔާން-2 ގެ ދަތުރު ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް ހަނދަށް ދަތުރުކޮށްފައި ވަނީ އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އެވެ.

އިންޑިއާގެ ފުރަތަމަ މޫން މިޝަން ކުރިއަށް ގެންދިޔައީ 2008 ގަ އެވެ. ޗަންދުރަޔާން-1 ގެ ހަނދުގައި ނުޖެއްސި ނަމަވެސް ރާޑަރު ބޭނުންކޮށްގެން ހަނދުގައި ފެންހުރިތޯ ބަލާފައިވެ އެވެ.

އިންޑިއާގެ މޫން މިޝަންގައި ގާތްގަނޑަކަށް 1،000 އިންޖިނޭރުންނާއި ސައެންސްވެރިން ބައިވެރިވެ އެވެ. އެކަމަކު އިސްރޯ އިން މި ފަހަރު ވަނީ މިޝަން ލީޑް ކުރަން އަންހެނުން ހަމަޖަސައިފަ އެވެ.