24 ޖުލައި 2019
ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް ހުޅުވިތާ އަށް އަހަރު ވީ އިރު އެއީ އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބޭންކަކަށް މިއަދު ވެފައި ވަނީ ބޮޑެތި ސަބަބުތަކާ ހެދި އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) 2011 ގައި ހުޅުވުމާ އެކު، އެ ބޭންކަށް އާންމުން ކުރާ އިތުބާތު ބޮޑުވެ، ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ އޭގެ ހެއްކެކެވެ. މިރޭ އަނެއްކާ އާ ހަރުފަތަކަށް އެމްއައިބީ މި ދަތުރުކުރަނީ އާންމުންނަށް އެ ބޭނުންކުގެ ހިއްސާ ވިއްކުން އިފުތިތާހު ކުރުމުގެ ފަޚުރާ އެކު އެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް ހުޅުވިތާ އަށް އަހަރު ވީ އިރު އެއީ އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބޭންކަކަށް މިއަދު ވެފައި ވަނީ ބޮޑެތި ސަބަބުތަކާ ހެދި އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) 2011 ގައި ހުޅުވުމާ އެކު، އެ ބޭންކަށް އާންމުން ކުރާ އިތުބާތު ބޮޑުވެ، ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ އޭގެ ހެއްކެކެވެ. މިރޭ އަނެއްކާ އާ ހަރުފަތަކަށް އެމްއައިބީ މި ދަތުރުކުރަނީ އާންމުންނަށް އެ ބޭނުންކުގެ ހިއްސާ ވިއްކުން އިފުތިތާހު ކުރުމުގެ ފަޚުރާ އެކު އެވެ.
އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ގެ ނަމުގައި އެމްއައިބީން އާންމުންނަށް ވިއްކަން ކަނޑައަޅާފައި ވަނީ 31 ޕަސެންޓު ހިއްސާ އެވެ. އެއީ 6،975،000 ހިއްސާ އެވެ. ހިއްސާއެއްގެ އަގަކީ 35ރ. އެވެ. ވިއްކަން ހުށަހަޅާ ހިއްސާތަކުގެ ޖުމްލަ އަގަކީ އެންމެ ގިނަވެގެން 244،125،000ރ. އެވެ.
ޖުމުލަ 20 ހިއްސާ (700ރ.) އަށް ވުރެ ގިނައިން ގަންނަ ނަމަ އިތުރު ކުރާނީ 10 ހިއްސާގެ ރޭޓުންނެވެ.
- ހިއްސާ ގަތުމަށް ހުޅުވައިލާނީ ޖުލައި 28 ގައި.
- ހިއްސާ ގަތުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 18، 2019 ގައި.
- ހިއްސާ އެލޮޓް/ކަނޑައެޅޭނެ ކަމަށް ބެލެވެނީ އޮކްޓޫބަރު 8، 2019 ގައި.
- ވިއްކަން ކަނޑައަޅާފައިވާ ހިއްސާގެ އަދަދަށް ވުރެ އިތުރުވާ ފައިސާ އަނބުރާ ދެވޭނެ ކަމަށް ބެލެނީ އޮކްޓޫބަރު 28. 2019 ގައި.
- އެލޮކޭޓެޑް ހިއްސާ އެމްއެސްޑީގައި ރަޖިސްޓަރީ ކުރެވޭނީ ބެލެވޭ ގޮތުގައި ނޮވެމްބަރު 6، 2019 ގައި.
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރު 12، 2019 ގައި.
އެމްއައިބީގެ ހިއްސާ ވިއްކަން ކަނޑައަޅާފައި ވަނީ ވަރަށް ބޮޑަށް ކުރިއަށް ރޭވިގެން، ހިސާބުތައް ހެދިގެން، ކަސްޓަމަރުންގެ ފައިދާ އާއި ލާބަ އަށް ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި އެމްއައިބީގެ މައިގަނޑު މަގުސަދަކީ ހިއްސާ ވިއްކުމުގެ ތެރޭގައި ކަސްޓަމަރުންގެ އުންމީދުތަކަށް ވުރެ މާ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އެމްއައިބީގެ ޗީފް ފައިނޭންންސް އޮފިސަރު (ސީއެފްއޯ) އަލީ ވާސިފް ވިދާޅުވީ، ރާއްޖޭގެ މާކެޓުގައި ހިއްސާދާރުންނަށް މިިހާތަނަށް ދޭނެ އެންމެ ރަނގަޅު ޑިވިޑެންޑު ދިނުމުގެ ގާބިލްކަން އެ ބޭންކުގައި އެބަހުރި ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް، އެމްއައިބީ ހިންގާ އިމާރާތް: ހިއްސާގެ ބާޒާރަށް ނުކުތުމަކީ އެ ކުންފުނީގެ ބޮޑު ކާމިޔާބީއެއް ކަމަށް އެމްއައިބީން ދެކޭ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އިސްލާމިކް ބޭންކަކީ، ބޭންކަކަށް ވެފައި އަޅުގަނޑުމެންނަކީ ފައިދާގެ ގޮތުންނާއި ލިކުއިޑިޓީގެ ގޮތުން އާންމު ކުންފުނިތަކާ ތަފާތު ކުންފުންޏެއް. އެހެންވީމާ އަޅުގަނޑުމެންގެ އުންމީދަކީ ޑިވިޑެންޑު އެންގަލަކުން ބަލާ ނަމަ އިންވެސްޓަރުން ހިތްހަމަޖެހޭ ފަދަ ރަނގަޅު އެއްޗެއް ދިނުން،" އޭނާ ވިދާޅުވި އެވެ.
ވާސިފް ވިދާޅުވި ގޮތުގައި، އެމްއައިބީގެ ހުރިހާ ބަޔަކަށް ބަލާއިރު ވެސް މިދިޔަ ދުވަސްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އޭގެ މާނަ އަކީ ހިއްސާ ވިއްކަން ފެށުމާ އެކު، އެ ކުންފުނީގެ ފައިދާ އިންތިހާ އަށް މައްޗަށް ޖެހުމެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުންނަ ފައިދާ އަކީ ހިއްސާދާރުންގެ އެއްޗެއް. އެހެންވީމާ ހިއްސާދާރުންނަށް ލިބޭ ޑިވިޑެންޑާއި ފައިދާ އަކީ ކުންފުންޏަށް ލިބޭ ބޮޑެތި ކުރިއެރުމާ އެކު ހިއްސާދާރުންގެ އެއްޗެއް. އެގޮތުން އެމްއައިބީގެ މި ބޮޑު ގްރޯތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ހިއްސާދާރުން،" އޭނާ ވިދާޅުވި އެވެ.
އެމްއައިބީން ހިއްސާގެ ބާޒާރަށް ނުކުތް މައިގަނޑު ސަބަބަކީ ވެސް އެ ކުންފުންޏަށް މިދިޔަ އަހަރުތަކުގައި ބޮޑު ކެޕިޓަލެއް ލިބިފައި ވުމާ އެކު، އެ ކުރިއެރުން ދެމެހެއްޓުމަށެވެ. ބޭންކަކީ ލިބޭ ކެޕިޓަލަކަށް ބަލައި ފައިދާ ދަމަހައްޓާ ތަނަކަށް ވުމުން އިތުރު ދިމަދިމާލަށް އިންވެސްޓު ކުރަން ޖެހެ އެވެ.
އެމްއައިބީން ޚިދުމަތް ހޯދަން އިއްޔެ ދިޔަ ބަޔަކު އެ ބޭންކުގެ ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން: މިދިޔަ އަށް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް މި ބޭންކުން ހޯދި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ކެޕިޓަލް ބޮޑުވި ވަރަކަށް އަޅުގަނޑުމެންނަށް ފައިނޭންސިން އެކްޓިވިޓީސްތަކުގައި އާންމުންނަށް ދެވޭ ނިސްބަތް އިތުރު ކުރެވެން އޮވޭ. ކެޕިޓަލް ބޮޑުވުމުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ކަންކަން ކޮށްދެވޭ މިންވަރު އިތުރުވާނެ. އެގޮތުން ކެޕިޓަލަށް ހުރި ބައެއް ލިމިޓޭޝަންތައް ހިއްސާ ވިއްކަން ފެށުމާ އެކު ފަސޭހަ ވެގެންދާނެ. އެހެންވީމާ ހިއްސާ ވިއްކަން ފެށުމަކީ އަޅުގަނޑުމެންގެ ކުރިމަގުގެ ޕްލޭންސްތަކަށް ލިބޭ ފަހި ކަމެއްގެ ގޮތުގައި އަޅުގަނޑު މި ދެކެނީ،" ވާސިފް ވިދާޅުވި އެވެ.
އެމްއައިބީ އުފެއްދީ ދިވެހި ސަރުކާރުގެ 15 ޕަސެންޓު ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓު ހިއްސާއާ އެކު އެވެ. އެކަމަކު، މިހާރު އައިސީޑީގެ ހިއްސާ އަކީ 36 ޕަސެންޓެވެ. ދިވެހި ސަރުކާރުގެ 28 ޕަސެންޓު، އަމާނާ ތަކަފުލް މޯލްޑިވްސްގެ ފަސް ޕަސެންޓު އަދި އާންމުންގެ ހިއްސާދާރުންގެ މިންވަރަކީ 31 ޕަސެންޓެވެ.
އެމްއައިބީން ހިއްސާގެ ބާޒާރަށް ނުކުތް މައިގަނޑު ސަބަބަކީ ވެސް އެ ކުންފުންޏަށް މިދިޔަ އަހަރުތަކުގައި ބޮޑު ކެޕިޓަލެއް ލިބިފައި ވުމާ އެކު، އެ ކުރިއެރުން ދެމެހެއްޓުމަށެވެ.
އެމްއައިބީގެ އެންމެ ބޮޑު ހިއްސާދާރު އައިސީޑީން އަބަދުވެސް ބަލަމުން އައީ ވާސިފް ވިދާޅުވި ގޮތުގައި، ފައިދާ ލިބޭ މިންވަރަކުން ދިވެހިންގެ ހިއްސާ ބޮޑު ކުރުމަށެވެ.
"މި ކުންފުނި މިހާ ހިސާބަށް ގެނެސް، ވަރުގަދަ ކުންފުންޏަކަށް ހެދުމަށް ފަހު، އައިސީޑީން ބޭނުންވަނީ މިއީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ދިވެހިންގެ ކުންފުންޏަކަށް ބަދަލުކުރަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަދު އަހަރުތަކުގައި އެމްއައިބީން ވަނީ އެ ބޭންކުގެ ހަ ގޮތްޕެއް ރާއްޖޭގައި ހުޅުވައިފަ އެވެ. އަދި ފައިސާ ނެގޭނެ މެޝިންތަކާއި ޕޮއިންޓު އޮފް ސޭލް (ޕީއޯއެސް) ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ޚިދުމަތް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
އެ ހުރިހާ ޚިދުމަތާ އެކު، އެމްއައިބީން އާންމުންނަށް ހިއްސާ ވިއްކަން ފެށުމަކީ ހިއްސާގެ ބާޒާރަށް އަންނާނެ ބޮޑު ބަދަލަކަށް ހެދުމަކީ އެ ބޭންކުގެ އެންމެ ބޮޑު އަމާޒެވެ.
އެމްއައިބީގެ ހިއްސާ ވިއްކުން އިފުތިތާހުކޮށްފި
ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި
އެމްއައިބީން އޭދަފުށީގައި ސާވިސް ސެންޓަރެއް
އެމްއައިބީއިން އުޖާލާ ކޭޝް ތައާރަފްކޮށްފި
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
އެމްއައިބީ އަށް 10 އަހަރު ފުރުން ފާހަގަކޮށްފި
އެޗްއެސްބީސީ މެލޭޝިއާގެ ވަގުތީ ސީއީއޯއަކަށް ދިވެއްސެއް
މާދަމާ އެމްއައިބީ ވެސް ބަންދުވާނެ
ކާޑު ނެތި ފައިސާ ޖަމާކުރެވޭ ގޮތް އެމްއައިބީން ހަދައިފި
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް