24 ޖުލައި 2019
ކަސްޓަމްސް އިން ހުޅުވާލި 22 މަގާމަކަށް 1،200 އެއްހާ މީހުން ކުރިމަތިލައިފި އެވެ.
ކަސްޓަމްސް އިން ހުޅުވާލި 22 މަގާމަކަށް 1،200 އެއްހާ މީހުން ކުރިމަތިލައިފި އެވެ.
މިހާ ބޮޑު ޑިމާންޑެއް ކަސްޓަމްސްގެ ވަޒީފާތަކަށް އޮތީ، އެތަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުރިއަށް ދާން ގިނަ ފުރުސަތުތައް ހުރި ތަނަކަށް ވުމުންނެވެ.
"ކަސްޓަމްސްގެ ވަޒީފާއަށް ހުޅުވާލާ ކޮންމެ ފަހަރަކު ވެސް ވަރަށް ގިނަ ބަޔަކު ކުރިމަތިލާ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މިއީ މިހާ ގިނަ ބަޔަކު ކުރިމަތިލި ފަހަރެވެ. އެޕްރީލް މަހު އިއުލާންކުރި 22 ވަޒީފާއަށް ކުރިމަތިލީ 1175 މީހުންނެވެ. އޭގެ ކުރިން 2016 ގައި އިއުލާންކުރި 23 މަގާމަކަށް 1،050 މީހުން ކުރިމަތިލި އެވެ. މިދިޔަ އަހަރު 19 މަގާމަކަށް ހުޅުވާލުމުން ކުރިމަތިލީ 910 މީހުންނެވެ.
ކަސްޓަމްސް އިން 2017 ގައި އެއްވެސް މަގާމަކަށް ހުޅުވައެއް ނުލަ އެވެ.
މިހާރު އިންޓަވިއުކުރަމުން އަންނަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް 22 މީހަކު ނަގާށެވެ.
"އިންޓަވިއު ކުރަނީ ވަޒީފާ އަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމީ އަދި އިމްތިހާނެއް ދެވި އެ ދެބައިގެ މާކްސް އަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 110 ކެންޑިޑޭޓުންނާ. އެއީ ވަޒީފާ އަށް މީހުން ހޮވާ އަދަދުގެ ފަސް ގުނަ،" ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވި އެވެ.
އާ މަގާމުތަކަށް މީހުން ނަގަނީ މާލޭގެ އިތުރުން ރަށްރަށުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކަށެވެ. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރެއްގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ، ކޮއްތު ފައިސާއަށް ކޮންމެ ދުވަހަކަށް 60ރ އަދި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ މުސާރައިގެ 35 ޕަސެންޓްގެ އެލަވަންސް (1750ރ.) ލިބެ އެވެ. އެ ހުރިހާ އެލަވަންސްތަކެއް އެއްކޮށްލުމުން މަހަކު ލިބޭ އަދަދު 13،000ރ. އަށް ވުރެ ގިނަ އެވެ.
we, the @CustomsMv are currently in the process of hiring 22 officers out from nearly 1,200 applicants.. and our assurance to u the maldivian youth is that our hiring is based 100% on merits; without any undue influences whatsoever.
— Numan (@ahdnmn) July 22, 2019
އޮފިޝަލް ވިދާޅުވީ ކަސްޓަމްސް އަށް ވަންނަ ގިނަ މީހުން އެތަނުގައި ދިގު މުއްދަތެއް ހޭދަކުރާ ކަމަށެވެ. އަދި މުވައްޒަފުންގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތް ކުރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީފާގެ ކުރިއެރުންތަކާއި މަސައްކަތުގެ މާހައުލު ރަނގަޅުވުމުން ކަސްޓަމްސް އިން ވަކިވަނީ ވަރަށް މަދު ބައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 22 މަގާމަށް ހޮވާނީ ގާބިލްކަމަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީފާގެ ކޮންޓްރެކްޓް އާނުކުރީ މަސައްކަތް ހުއްޓުމުން"
ވަޒީފާއަށް ނުނެރެ ފަސް އަހަރު، ދެ އަހަރުގެ މުސާރަދެނީ
މޯލްޑިވިއަނުން ވަކިކުރި އަމީނަށް ވަޒީފާދޭން ހުކުމްކޮށްފި
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
24،000 ބިދޭސީން ފޮނުވާލައިފި، ކޯޓާ ދިނުން ދަށަށް
ނިސްބަތުން ގިނައީ ވަޒީފާ ނެތް ފިރިހެނުން
މަސައްކަތްތެރިންނަށްވީ ވައުދުފުއްދަން ގޮވާލަން: އިދިކޮޅު
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބޮޑެތި ޝަކުވާތަކެއް
އާ އުސޫލު އަންނާތީ މުވައްޒަފުން ހޯދުން މެދުކަނޑާލަނީ
"ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓް ނުކުރެވޭނެ"