Roadha Mihaaru
ޑެންގޫ ޖެހުނު މިންވަރު މި އަހަރު ދަށް

ޑެންގޫ ޖެހުނު މިންވަރު މި އަހަރު ދިޔައީ ދަށަށް: އެޗްޕީއޭ

24 ޖުލައި 2019

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ނުރައްކާތެރި ޑެންގޫ ހުން މި އަހަރުގެ ޖޫން-ޖުލައި ގައި ރާއްޖޭގައި ފެތުނު މިންވަރު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެެ ދަށް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ނުރައްކާތެރި ޑެންގޫ ހުން މި އަހަރުގެ ޖޫން-ޖުލައި ގައި ރާއްޖޭގައި ފެތުނު މިންވަރު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެެ ދަށް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ރާއްޖޭގެ 3097 މީހަށް ޗިކުން ގުންޔާ ޖެހުނެވެ. އެޗްޕީއޭއިން ބުނިގޮތުގައި މިއީ މިދިޔަ ދެ އަހަރުގެ މި މުއްދަތުގައި ޑެންގޫ ޖެހުނު މިންވަރަށް ވުރެ މަދު އަދަދެއް ކަމަށެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން-ޖުލައިގައި ޑެންގޫ އެންމެ ގިނައިން ފެތުރުނީ ހދ. އަތޮޅު، ދ. އަތޮޅު އަދި ލ. އަތޮޅުގަ އެވެ. އެގޮތުން ޖުލައި މަހު ހދ. އަތޮޅުގެ 79 މީހަކަށް ޑެންގޫ ޖެހުނު އިރު ދ. އަތޮޅުން 37 މީހަކަށް އަދި ލ. އަތޮޅުން 33 މީހަކަށް ޑެންގޫ ޖެހުނެވެ. ޖުލައި މަހު މާލެ ސަރަހައްދުން ޑެންގީ ޖެހުނީ 69 މީހަކަށެވެ.

ޑެންގޫ ޖެހުނު މިންވަރު ދަށަށް ދިޔަ ނަމަވެސް މި އަހަރު ރާއްޖޭގައި ޗިކުންގުންޔާ ފެތުރުނު މިންވަރު މިއަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެބަލި ޖެހުނު މީހުންގެ އަދަދަކީ 1343 އެވެ. އެޗްޕީއޭ އިން ބުނީ މި އަހަރުގެ ޖެނުއަރީން ފެށިގެން މޭ މަހާ ހަމައަށް އެބަލި ފެތުރުނު މިންވަރު އިތުރުވި ނަމަވެސް ޖޫން މަހު އެބަލި ފެތުނު މިންވަރު ދަށަށް ދިޔަ ކަމަށެވެ.

މި އަހަރުގެ މިހައިތަނަށް މާލެ ފިޔަވާ އެންމެ ގިނަ ބަޔަކަަށް ޗިކުންގުންޔާ ޖެހުނީ ރ.އަތޮޅާއި ގއ. އަތޮޅުންނެވެ. އެގޮތުން ރ. އަތޮޅުގެ 319 މީހަކަށް އެ ބަލި ޖެހުނު އިރު ގއ. އަތޮޅުގެ 291 މީހަކަށް އެބަލި ޖެހުނެވެ. މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން 455 މީހަކަށް އެބަލި ޖެހުނެވެ.

ޑެންގޫ އާއި ޗިކުން ގުންޔާގެ އިތުރުން ވައިރަލް ހުންތައް ރާއްޖޭގައި އެންމެ ގިނައިން ފެތުރެނީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގަ އެވެ.