Roadha Mihaaru
އިންޑިއާ އަންހެނެއްގެ ބަނޑުން ގަހަނާ އާއިި ފައިސާ ފޮތި

އިންޑިއާ އަންހެނެއްގެ ބަނޑުން ގަހަނާ އާއިި ފައިސާ ފޮތި

26 ޖުލައި 2019

އިންޑިއާގެ ވެސްޓް ބެންގާލްގައި ބުދަ ދުވަހު ކުރި އޮޕަރޭޝަނެއްގައި އަންހެނެއްގެ ބަނޑުން ގަހަނާ އާއި ފައިސާފޮތިތަކެއް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ވެސްޓް ބެންގާލްގައި ބުދަ ދުވަހު ކުރި އޮޕަރޭޝަނެއްގައި އަންހެނެއްގެ ބަނޑުން ގަހަނާ އާއި ފައިސާފޮތިތަކެއް ނަގައިފި އެވެ.

މީޑިއާތަކުން ބުނީ ވެސްޓް ބެންގާލްގެ ބިރުބޫން ޑިސްޓްރިކްޓްގެ ރާމްޕުރޫހަތު ގަވަރަމަންޓް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނުގައި 26 އަހަރުގެ އަންހެން މީހާގެ ބަނޑުން ދޮޅު ކިލޯ އަށް ވުރެ ގިނަ ގަހަނާ އާއި 90 ފައިސާ ފޮތި ނަގާފައިވާ ކަމަށެވެ.

އޭނާގެ ބަނޑުން ނެގި ގަހާނަތަކުގެ ތެރޭގައި ނޭފަތާއި ކަންފަތުގައިލާ އެއްޗިއްސާއި އުޅަ އާއި ފައިގައި އަޅާ ގިގުނި ފައްޗާއި އަތުކުރި ގަޑި ހިމެނެ އެވެ.

އޮޕަރޭޝަން ކުރި ޓީމްގައި އިސްކޮށް އުޅުއްވި ޑރ. ސިދާތާ ބިސްވާސް ވިދާޅުވީ އޮޕަރޭޝަނަށް ފަހު އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އަންހެން މީހާގެ މަންމަ ބުނީ އޭނާގެ ދަރިފުޅަކީ ސިކުނޑީގެ މައްސަލަ ހުންނަ ކުއްޖެއް ކަމަށާއި އޭނާ ގަހަނާތައް ދިރުވައިލާކަން ފާހަގަވާން ފެށީ ގޭގައި ހުންނަ ގަހަނާތައް ގެއްލެން ފެށުމުން ކަމަށެވެ.

"އޭނާގެ ސިއްހީ ހާލަތު ވެސް ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ދަށް،" އޭނާ ބުންޏެވެ. "އެއްގޮތަކަށް ނުވެސް ކައި. ކާ އެއްޗެއް ދޭ އިރަށް އެއްލައިލާނެ. އެހެން އުޅެމުން ގޮސް މާ ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން އެކްސްރޭ ނެގީމަ ބަނޑުގައި ސާމާނުތަކެއް ހުރިކަން ކަށަވަރުވީ."

Meehegge bandun valhi aa samusalaa iskuru anburaa kashigandu thakeh nagaifi

Meehegge bandun valhi aa samusalaa iskuru anburaa kashigandu thakeh nagaifi

The most trusted news source in the Maldives

Mihaaru

މެއި މަހު ފިރިހެނެއްގެ ބަނޑުން ވެސް ގިނަ ސާމާނުތަކެއް ނެގި.

މިދިޔަ މެއި މަހު އިންޑިއާގައި ވަނީ އޮޕަރޭޝަންކޮށް ފިރިހެނުންގެ ބަނޑުން ވަޅި އާއި ސަމުސަލާއި އިސްކުރު އަނބުރާ ކަށިގަނޑާއި ދަތްއުނގުޅާ ބުރުސްތަކެއް ވެސް ނަގައިފަ އެވެ.