Roadha Mihaaru
ކުރުދިސްތާނުގެ ހަނގުރާމަވެރި "އެންޖެލީނާ ޖޮލީ"ގެ މަރު

އައިއެސް އާ ހަނގުރާމަކޮށް މަރުވި ކުރުދިސްތާންގެ "އެންޖެލީނާ ޖޮލީ"

14 ސެޕްޓެމްބަރ 2016

އާސިއާ ރަމަޒާން އަންތަރް އަކީ ކުރުދިސްތާންގެ ޒުވާނެކެވެ. އުމުރުން އެންމެ 19 އަހަރުގެ އާސިއާ ރީތިކަމުން "ކުރުދިސްތާންގެ އެންޖެލީނާ ޖޮލީ"ގެ ނަމުން މީހުން މުޚާތަބު ކުރެ އެވެ. އޭނާގެ ސިފަ ޖޮލީއާ ވައްތަރު ކަމަށް އޭނާ ދެކެފައިވާ ބައެއް މީހުން ބުނެ އެވެ. ރީތިކަމާ އެއްވަރަށް އާސިއާ އަކީ ބިރުކުޑަ ކުޅަދާނަ ހަނގުރާމަވެރިއެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އާސިއާ އަކީ ސީރިއަން ކާޑިޝް ވިމެންސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖޭ)ގެ ޕޯސްޓާ ގާލް އެވެ.

މެޝިން ބަޑި ޖެހުމަށް ވަރަށް ކުޅަދާނަ މީހެކެވެ. އޭނާއަކީ އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތަކުން އަލް-ޔަޝްލީ އަވަށް ސަލާމަތްކުރުމަށް އެރަށް ވަށައިގެން ގާޑުކޮށްގެން ތިބޭ މީހުންގެ ތެރެއިން މީހެކެވެ.

އާސިއާ މިހާރު ވަނީ މަރުވެފަ އެވެ. އަމިއްލައަށް މަރުވެގެން ކާރުގައި ބޮން ގޮއްވަން އުޅިނު އައިއެސްގެ ތިން މީހަކު ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ.

އާސިއާ: ރީތިކަމުން ގިނަ ބަޔަކު އޭނާއަށް އެންޖެލީނާ ޖޮލީގެ ނަމުން މުޚާތަބު ކުރޭ

އާސިއާ: ރީތިކަމުން ގިނަ ބަޔަކު އޭނާއަށް އެންޖެލީނާ ޖޮލީގެ ނަމުން މުޚާތަބު ކުރޭ

އާސިއާ މަރުވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވައިޕީޖީ ސްޕޯކްސްވުމަން ކޮމާންޑަރު ޝީރީން އަބްދުﷲ ބުނީ ކާރުގައި ބޮން ހަރުކޮށްގެން ގޮއްވާލަން އުޅުނު އައިއެސްގެ ތިން މީހުންގެ ތެރެއިން ދެ މީހުން ތިބި ކާރު ހުއްޓުވުމުގައި އާސިއާ ކާމިޔާބު ހޯދި ކަމަށެވެ. ނަމަވެސް ތިން ވަނަ މީހާ އިން ކާރު އޮތީ އޭރު އެމީހުންނާ މާ ކައިރީގައި ކަމުން އެ ކާރު ގޮވިއިރު އާސިއާ އާއި އޭނާގެ ކައިރީގައި ތިބި އެންމެންވެސް ވަގުތުން މަރުވީ އެވެ.

ވައިޕީޖޭ އަކީ ސީރިއަން ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް އަންހެން ގޮތްޕެވެ. މި ޔުނިޓްގައި ތިބެނީ ހުސް އަންހެން ހަނގުރާމަވެރިންނެވެ. ވައިޕީޖޭ އާއި ވައިޕީޖީ އަކީ ސީރިޔާގެ ރަޖޯވާ ވަގުތީ ގޮތުން ކޮންޓްރޯލްކުރާ ކާޑިޝް ކޯލިޝަންގެ ދެ ފިޔަ އެވެ.

އާސިއާ ވައިޕީޖޭއާ ގުޅިފައި ވަނީ 2014 ގަ އެވެ. އޭނާ ހަނގުރާމަވެރިޔަކަށްވީ ސީރިޔާ ސިފައިންގެ އަތުން އޭނާގެ އަމިއްލަ އަވަށް މިނިވަންކުރުމުގެ މަގްސަދުގަ އެވެ.

ސެކަންޑަރީ ލެވެލް ތައުލީމު ފުރިހަމަކޮށްފައިވާ އާސިއާ އަބަދުވެސް ބުނަނީ އައިއެސްއާ ދެކޮޅަށް އޭނާ ކުރާ ހަނގުރާމައަކީ އެމީހުންގެ ނުބައިކަމުން އެންމެން މިންޖުކޮށްދޭން ކުރާ ހަނގުރާމައެއް ކަމަށެވެ.

އަދި އަންހެނުންނަކީ ވެސް ކަންކަމަށް ގާބިލް ކުޅަދާނަބައެއް ކަމަށާއި ފިރިހެނުން ކޮޕީކުރަން ކޮންމެހެން ބޭނުން ނޫންކަމަށް އާސިއާ އަބަދުވެސް ބުނާކަމަށް ސްޕޯކްސްވުމަން ބުނެފައިވެ އެވެ.