23 ނޮވެމްބަރ 2022
ސީރިޔާގައި ދިރިއުޅޭ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން މިހާރު ދެމުންދާ ހަމަލާތައް އަދި އޮތީ ކުރިއަށް ކަމަށް ތުރުކީ ވިލާތުން އިއްޔެ ބުނެފި އެވެ.
ސީރިޔާގައި ދިރިއުޅޭ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން މިހާރު ދެމުންދާ ހަމަލާތައް އަދި އޮތީ ކުރިއަށް ކަމަށް ތުރުކީ ވިލާތުން އިއްޔެ ބުނެފި އެވެ.
ތުރުކީ ސިފައިން ސީރިޔާގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދޭން ފެށީ، މި މަހުގެ 13 ވަނަ ދުވަހު ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލްގެ ވިޔަފާރި ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލާއަކާ ގުޅިގެންނެވެ. ހަ މީހަކު މަރުވެ އިތުރު 81 މީހަކު ޒަޚަމްވި އެ ހަމަލާއަކީ، ތުރުކީ ވިލާތުގައި އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ކުރުދީ ހަނގުރާމަވެރި ޖަމާތަކުން ދިން ހަމަލާއެއް ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.
ސީރިޔާގައި ތުރުކީ ސިފައިން މިހާރު ދެމުންދާ ހަމަލާތައް އަމާޒުކޮށްފައިވަނީ ކުރުދީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ހަމަލާތައް އިތުރަށް ފުޅާވެގެން ދިއުމުގެ އިޝާރާތެއް ތުރުކީ ވިލާތުގެ ރައީސް އިއްޔެ ވަނީ ދެއްވައިފަ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވި ގޮތުގައި މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ޓެރަރިސްޓުންނާ ދެކޮޅަށް ތުރުކީ ވިލާތުގެ ސިފައިން ދިނީ ވަރަށް ކާމިޔާބު ހަމަލާތަކެކެވެ.
"މިދިޔަ ދުވަސްތަކުގައި ޓެރަރިސްޓުންނާ ދެކޮޅަށް އަހަރެމެން ހަމަލާ ދެމުން ދިޔައީ އަހަރެމެންގެ މަތިންދާބޯތުތަކާއި ބޮޑުބަޑިތަކާއި ބަޑިތަކުން. މާތް ﷲގެ އިރާދަފުޅާއެކު، އަހަރެމެންގެ އެއްގަމު ސިފައިންނާއި ޓޭންކުތައް ބޭނުންކޮށްގެން، ވީ އެންމެ އަވަހަކަށް އަހަރެމެން އެ އެންމެން ގަތުލުކުރާނަން،" އުތުރުޣާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީރިޔާގެ އުތުރުގައި ދިރިއުޅޭ ކުރުދީ ހަނގުރާމަވެރިންގެ މަގާމުތަކަށާއި އިރާގުގެ އުތުރުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންގެ މަގާމުތަކަށް ހަމަލާ ދެމުން ދަނީ، ތުރުކީ ވިލާތުގެ އަމަން ދިފާއުކުރުމަށް ލިބިފައިވާ ހައްގުގެ ބޭނުންކޮށްގެންނެވެ. ތުރުކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގައި އަމިއްލަ ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ކުރުދީންގެ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވެދެނީ ކޮން ބައެއްކަމާއި ކުރިދީންގެ ހިމާޔަތުގައި މަސައްކަތް ކުރަނީ ކޮން ގައުމަކުން ކަން ވެސް ތުރުކީ އަށް އެނގޭ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީ ވިލާތުން ސީރިޔާ އާއި އިރާގުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި އުރުދުޣާން މި ވާހަކަ ދެއްކެވީ، އެ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އެމެރިކާ އިން ގޮވައިލަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުރުދީ އަމާޒުތަކަށް ހަމަލާ ދޭން ޖެހިދާނެ: އުރްދުޣާން
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ސީރިޔާގައި ތުރުކީ ސިފައިންގެ މަސައްކަތް ނިންމާލައިފި
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ތުރުކީ ސިފައިންގެ މަރުކަޒަކަށް ރޮކެޓް ހަމަލާތަކެއް