ރާއްޖޭގެ އެންމެ ބޮޑު މަގު، ލާމު ލިންކު ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ އެވެ.
14 ސެޕްޓެމްބަރ 2016
ރާއްޖޭގެ އެންމެ ބޮޑު މަގު، ލާމު ލިންކު ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު މެންދުރު ފަހު ދޭއް ޖަހާކަންހާއިރު ލ. ގަމުން މާންދުއަށް ދިޔަ ޖިޕު ފުރޮޅާލީ، މާންދުއާ ދިމާލުން މަގުގެ ބެންޑަކުން ނައްޓާލަން އުޅުމުގެ ތެރޭގަ އެވެ.
"ކުރިމަތިން އެހެން ވެހިކަލެއް ވެސް ނާދޭ. ބާރު ސްޕީޑެއްގައި އައިސް ބެންޑުން ކަޓުވާލަން އުޅެނިކޮށް ފުރޮޅާލީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި ބިދޭސީ ފިރިހެނަކަށް އަނިޔާތަކެއް ލިބުނު ކަމަށެވެ. އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކެއް އަދި ހާލު ސީރިއަސްކަމެއް އެނގިފައެއް ނުވެ އެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މިއަދު އަދި އެތަނަށް ނުގެންދާ ކަމަށެވެ.
މިއީ ލާމު ލިންކު ހެދިފަހުން އެތަނުގައި ހިނގި މި ފަދަ ދެ ވަނަ ހާދިސާ އެވެ. ބޮޑު އީދުގައި ޝޯ ދިނުމަށް ގަމަށް ގޮސް އުޅެނިކޮށް ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓީމު ދަތުރު ކުރި ކާރެއް ވެސް ވަނީ މި މަގުގައި އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެފަ އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު މި މަގުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ގަމު ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
ގަމުގައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލުސީރިއަސް
ހައިވޭގެ ޑިވައިޑާތައް އަނެއްކާވެސް ފުނޑުފުނޑު
ލ.ގަމުގައި އެކްސިޑެންޓުވެ މީހަކު ސީރިއަސް ހާލަތުގައި
ލ. ލިންކްރޯޑްގައި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ
ލ.ގަމު އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
ގަމު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް އިންޑިއާއަށް
ކާރު އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުން