Roadha Mihaaru
ތިލަފުށީ ޕޯޓު ބަޔަކާ އަދި ހަވާލެއް ނުކުރޭ: މިނިސްޓަރު

ތިލަފުށީ ޕޯޓު ބަޔަކާ އަދި ހަވާލެއް ނުކުރޭ: މިނިސްޓަރު

29 ޖުލައި 2019

ތިލަފުށީގައި ހަދާ ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓުގެ މަސައްކަތް އެއްވެސް ބަޔަކާ އަދި ހަވާލުކޮށްފައި ނުވާ ކަމަށާއި އެކަމަކު އެކަން ކޮށްދޭން ބަޔަކު ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިލަފުށީގައި ހަދާ ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓުގެ މަސައްކަތް އެއްވެސް ބަޔަކާ އަދި ހަވާލުކޮށްފައި ނުވާ ކަމަށާއި އެކަމަކު އެކަން ކޮށްދޭން ބަޔަކު ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު ވިދާޅުވީ، ޕޯޓު ހެދުމަށްޓަކައި ވަރަށް ބޮޑު ސަރަހައްދެއް ހިއްކަން ޖެހޭ ކަމަށާއި އެ މަސައްކަތް ވެސް ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ކޮމާޝަލް ޕޯޓުގެ މަސައްކަތް އަދި މިހާތަނަށް ބަޔަކާ ހަވާލުކޮށްފައިނުވާ އިރު އެތަން ތަރައްގީ ކުރުމަށް އިންޑިޔާގެ ބަޔަކަށް ދިން ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

ތިލަަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވެ، އެތައް އުނދަގުލެއް ކުރިމަތިވުމުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީގެ ކުރިން ބުނެފައި ވިޔަފާރި ބަނދަރަށް ދާއިމީ ހައްލެއް ގެނެވޭނީ ތިލަފުށީގައި ބަނދަރެއް ހަދައިގެންނެވެ.

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ މީގެ ކުރީ ސަރުކާރުތަކުން ވެސް ވިސްނުން ގެންގުޅުނު ކަމެކެވެ. އެކަމަކު މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.