Roadha Mihaaru
ފާޑު ކިޔަންވީ، އުފަލާ އެކު ބަލައިގަންނާނަން: ސިރިސޭނާ

ފާޑު ކިޔަންވީ، އުފަލާ އެކު ބަލައިގަންނާނަން: ސިރިސޭނާ

15 ސެޕްޓެމްބަރ 2016

ކޮލަމްބޯ (ސެޕްޓެމްބަރު 15) - ސަރުކާރަށް އަމާޒުކުރާ ފާޑު ކިޔުންތަކާއި ތުހުމަތުތައް އުފަލާ އެކު ބަލައިގަންނަނާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 15) - ސަރުކާރަށް އަމާޒުކުރާ ފާޑު ކިޔުންތަކާއި ތުހުމަތުތައް އުފަލާ އެކު ބަލައިގަންނަނާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ އެކި ޖަމާއަތްތަކާއި ޓްރޭޑް ޔޫނިއަންތަކުގެ މެންބަރުންނާ އެކު ރައީސްގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވީ ކޮންމެ ބަޔަކު ފާޑުކީ ނަމަވެސް ގައުމު ހަމަ މަގަށް އަޅުވާނެ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ކުރިއަށްދާނީ ފާޑު ކިޔުންތަކަށް ޖާގަ ދެއްވައިގެން ކަމަށް ވިދާޅުވި އެވެ. ސިރިސޭނާ ބައްދަލު ކުރެއްވި މެންބަރުންނަކީ ނިމިގެން ދިޔަ އިންތިޚާބުގައި އެއްް ކެނޑިޑޭޓަކު ނެރުމަށް ތާއިދުކުރި ފަރާތްތަކެވެ.

ރައީސް ސިރިސޭނާ: ފާޑު ކިޔުންތައް ބަލައިގަންނާނެ ކަމަށް ވިދާޅުވި.

ރައީސް ސިރިސޭނާ: ފާޑު ކިޔުންތައް ބަލައިގަންނާނެ ކަމަށް ވިދާޅުވި.

"އިންތިޚާބީ މެނިފެސްޓޯގައި ހުރި ކަންކަން 24 ގަޑިއިރުން ފުރިހަމަ ކުރެވެންޏާ އެކަމަށް އަޅުގަނޑުގެ ސޮއި ދޭން ތައްޔާރަށް މި ހުރީ،" މެނިފެސްޓޯ ތަންފީޒު ކުރެވޭ މިންވަރަށް އިޝާރާތް ކުރައްވާ ސިރިސޭނާ ވިދާޅުވި އެވެ.

އިންތިޚާބުގައި ވައުދުވި ކަންތައްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި ވަނީ، ސިރިސޭނާ ވިދާޅުވި ގޮތުގައި، ގައުމު އިގްތިސާދީ ވަޅުގަނޑަކަށް ވެއްޓިފައިވުމާއި ބައިނަލްއަގުވާމީ ދުނިޔޭގައި ލަންކާ ވަރަށް ބޮޑަށް އެކަހެރިވެފައި ވުމުންނެވެ.

ސިރިސޭނާ ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ އެއްބައިވަންތަކަމުގެ ސަރުކާރަކާ އެކު ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށް ދެއްވައި ބަދަލުތައް ގެންނެވުން ކަމަށެވެ. އަދި ގައުމުގައި ހުރި މައްސަލަތަކާއި ޚިޔާލު ތަފާތުވުންތައް ހައްލު ކުރައްވަން ބޭނުން ވަނީ މަޝްވަރާ އަށް ފުރުސަތު ދީގެން ކަމަށް ވިދާޅުވި އެވެ.