Roadha Mihaaru
ހެލްތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް

ހެލްތު މިނިސްޓްރީ އަށް އަނެއްކާ ވެސް ޑެޕިއުޓީ މިނިސްޓަރެއް

14 ޖެނުއަރީ 2021

ހެލްތު މިނިސްޓްރީ އަށް އަނެއްކާ ވެސް އިތުރު ޑެޕިއުޓީ މިނިސްޓަރެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓްރީ އަށް އަނެއްކާ ވެސް އިތުރު ޑެޕިއުޓީ މިނިސްޓަރެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ހެލްތު މިނިސްޓްރީގެ ފަސް ވަނަ ޑެޕިއުޓީ މިނިސްޓަރަކަށް ހ. ފޭވަ، ސަފިއްޔާ މުހައްމަދު ސައީދު ހަމަޖައްސަވާއިވާ ކަމަށެވެ. ސިޔާސީ މަގާމަކަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ.

ސަފިއްޔާ ވަނީ އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވާސިޓީން ބެޗެލާ އޮފް ސައިންސް އިން ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީޒް ސްޓަޑީޒް އަދި ބާމިންގްހަމް ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ހާސިލް ކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިދިޔަ މަހު ވެސް ބޭފުޅަކު އައްޔަންކޮށްފައި ވެ އެވެ. ޑިސެމްބަރު 20، 2020 ގައި އެ މަގާމު ދެއްވީ ގ. ސިލްވަރުގެ، މަރިޔަމް ހާލިދާ އެވެ. އޭނާއަކީ މުސާރަ އާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ޗެއާމަނެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އަކާއި 15،000ރ. ގެ އެލަވަންސެކެވެ.