Roadha Mihaaru
ކުޅިވަރުގެ ބޮޑު ހަފުލާ "މިހާރު އެވޯޑްސް" މިރޭ!

ކުޅިވަރުގެ ބޮޑު ހަފުލާ "މިހާރު އެވޯޑްސް" މިރޭ!

05 އޯގަސްޓް 2019

މިދިޔަ ހަފުތާގައި ދިވެހިން ފާހަގަކުރީ ރާއްޖޭން ބޭރުގެ މުބާރާތެއްގައި ދިވެހި ކުޅުންތެރިން ހޯދި ބޮޑެތި ކާމިޔާބީ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހޯދި އެކި ކުލަކުލައިގެ މެޑަލްތަކެވެ. މިރޭ 9 ޖަހާއިރު ދަރުބާރުގޭގައި ދިވެހި ކުޅިވަރު އާއިލާއާ އެކު "މިހާރު އެވޯޑްސް" ފާހަގަކުރާނީ ރާއްޖެ އާއި ރާއްޖޭން މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ވާދަކޮށް ދެއްކި ހުނަރުވެރިކަމެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިދިޔަ ހަފުތާގައި ދިވެހިން ފާހަގަކުރީ ރާއްޖޭން ބޭރުގެ މުބާރާތެއްގައި ދިވެހި ކުޅުންތެރިން ހޯދި ބޮޑެތި ކާމިޔާބީ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހޯދި އެކި ކުލަކުލައިގެ މެޑަލްތަކެވެ. މިރޭ 9 ޖަހާއިރު ދަރުބާރުގޭގައި ދިވެހި ކުޅިވަރު އާއިލާއާ އެކު "މިހާރު އެވޯޑްސް" ފާހަގަކުރާނީ ރާއްޖެ އާއި ރާއްޖޭން މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ވާދަކޮށް ދެއްކި ހުނަރުވެރިކަމެވެ.

އައިއޯއައިޖީގެ ކާމިޔާބީ އާއި އެ ގޭމްސް 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބުމުގެ އުފަލުގެ ތެރޭގައި، މިރޭ ބާއްވާ މި ހަފުލާގައި ހަ ކުޅިވަރަކުން، އެކި ގިންތިތަކުން ވަނަތަކެއް ހޮވާނެ އެވެ.

އެތުލެޓިކްސް، ފެތުން، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްގެންދޭ އިންޑިވިޖުއަލް ކުޅުންތެރިޔާގެ ބައިގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން ހޮވާނެ އެވެ. ވޮލީބޯޅައިން ވެސް ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން ހޮވާނެ އެވެ.

ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ރަންބޫޓު ދޭނެ އެވެ. މިރޭގެ ހަފުލާއަށް ދާއިރު އިނާމެއް ކަށަވަރުވެފައިވާނެ ހަމައެކަނި ކުޅުންތެރިޔަކީ، އެ ބޫޓުގެ ހައްގުވެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

2017 ވަނަ އަހަރު އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި ނަބާހާ (ކ) އަދި އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި އޭނާއާ އެއްމާބަނޑު ނަބީހާ. --ފޮޓޯ: އިމޭޖަސް އެމްވީ

2017 ވަނަ އަހަރު އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި ނަބާހާ (ކ) އަދި އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި އޭނާއާ އެއްމާބަނޑު ނަބީހާ. --ފޮޓޯ: އިމޭޖަސް އެމްވީ

އަގުވަޒަންކުރުމަކީ މި އެވޯޑްސްގެ ވަރަށް މުހިއްމު ބަޔެކެވެ. މިދިޔަ އަހަރު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ކުޅިވަރުން ރީތި ނަމާއި ޝަރަފް ހޯދައިދިން ފަރާތްތަކަށް އެކަމުގެ އިނާމް ދެވޭނެ އެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހާއްސަ ރެކޯޑެއް ހެދި ކުޅުންތެރިޔެއްގެ އެ މަސައްކަތް ވެސް ފާހަގަކުރެވިގެންދާނެ އެވެ.

ކުޅިވަރު ރެފްރީއެއްގެ ގިނަ ދުވަސްވީ ހިދުމަތް ފާހަގަކުރުމާއި ދިވެހިންނާ ވަކިވެގޮސްފައިވާ ކުޅިވަރު ލެޖެންޑެއްގެ ހިދުމަތް ބަލައިގަނެ އެކަން ފާހަގަކުރުން ވެސް އޮންނާނެ އެވެ. އެންމެ ހާއްސަ އިނާމަކީ، ލައިފްޓައިމް އެޗީވްމަންޓަށްދޭ ޒާހިރު ނަސީރު އެވޯޑެވެ. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ބައްޕަ ޒާހިރު ނަސީރުގެ ނަންފުޅުގައި މި އެވޯޑް ދެނީ، އެމަނިކުފާނަކީ ކުޅިވަރަށް އެންމެ ގިނަ ދުވަހު، އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރެއްވި 'ދިވެހި ކުޅިވަރުގެ ބައްޕަ" އެވެ.

"ޒާހިރު ނަސީރުގެ ނަމުގައި މި އެވޯޑް ދޭން ނިންމީ ދިވެހި ކުޅިވަރަށް އެމަނިކުފާނުކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައި. އަދި ދިވެހި ކުޅިވަރުގެ ގިނަ ހިދުމަތްތެރިންގެ ނަމޫނާއަކީ ވެސް އެމަނިކުފާނު ކަމަށް ވެފައި އެފަދަ އެވޯޑެއް ޒާހިރުގެ ނަންފުޅަށް ޚާއްސަކުރުން މުހިންމު ކަމަށް ވެސް ދެކެން،" އޮފިޝަލަކު ވިދާޅުވި އެވެ.

2017 ވަނަ އަހަރުގެ ޒާހިރު ނަސީރު އެވޯޑް ހާސިލްކުރެއްވި ހީނާ އަހުމަދު ސަލީމް. -- ފޮޓޯ: އިމޭޖަސް އެމްވީ

2017 ވަނަ އަހަރުގެ ޒާހިރު ނަސީރު އެވޯޑް ހާސިލްކުރެއްވި ހީނާ އަހުމަދު ސަލީމް. -- ފޮޓޯ: އިމޭޖަސް އެމްވީ

ކުޅިވަރު އާއިލާގެ އެންމެން އެއްތަންވެ ކާމިޔާބީ ފާހަގަކުރުމާއި އަގުވަޒަންކުރުމުގެ ރޫހު އާލާކޮށްލާ މި އެވޯޑް ހަފުލާގައި މުނިފޫހިފިލުމުގެ ހާއްސަ އައިޓަމްތަކަކުން އިތުރު ކުލައެއް ޖައްސައިދޭނެ އެވެ. ނެށުމުގެ އައިޓަމަކާއި ބޮޑުބެރުގެ އައިޓަމެއްގެ އިތުރުން ހާއްސަ ލަވައެއް ހުށަހެޅުން އޮންނާނެ އެވެ.

ކޯޗުންނާއި، ކުރީގެ ކުޅުންތެރިންނާއި، ޓެކްނިކަލް އޮފިޝަލުންނާއި ރެފްރީން އަދި ކުޅިވަރު ނޫސްވެރިން ހިމެނޭ ތަޖުރިބާކާރުންގެ ޕެނަލްތަކުން، މުޅި އަހަރުގެ މަސައްކަތުން ކަނޑައަޅައިދޭ މޮޅު ކުޅުންތެރިންނަށް އިނާމް ދިނުން ބާއްވާއިރު އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސްޕޮންސަރުންނަށެވެ. އެ ފަރާތްތަކުގެ އެހީ ނެތި މިފަދަ ބޮޑު އެވޯޑެއް އިންތިޒާމްކުރުމަކީ، ކުރެވޭނެ ކަމެއް ނޫނެވެ.

މި އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލަތީ ކުންފުނި އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސް އެވެ.

އެވޯޑް ހަފުލާ ޓީވީން ވަގުތުން ދުރަށް ފޮނުވައިދެނީ، ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ހައުސް ވީމީޑީ އެވެ. ޓްރޮފީ ފަރުމާކުރުމުން ފެށިގެން އެވޯޑްސް ބްރޭންޑްކޮށްދެނީ އެ ފަދަ ދެ ވަނަ އެއް، ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ވެސް އެހާމެ ފުންނާބު އުސް ކުންފުނިތަކެއް ހަރަކާތްތްތެރިވެ އެވެ. ރެއިންބޯ، ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، މެޓަލް ސައިންސް، ބީއެޗްއެމް އަދި ޕްރިންޓް ލެބްގެ ފަރާތުން ލިބޭ އެހީތެރިކަން ވެސް ނުހަނު ބޮޑެވެ.

އެ އެހީތެރިކަން ފޯރުކޮށްދެނީ އެންމެ މަގުސަދެއްގަ އެވެ. ދިވެހި ކުޅިވަރު ކުރިއެރުވުމަށާއި ކުޅުންތެރިންގެ މަސައްކަތް ގައުމީ ފެންވަރެއްގައި އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެ އެހީތެރިކަމާ އެކު، މިދިޔަ އަހަރު އެ ކުޅުންތެރިންގެ ޕާފޯމަންސް ތަޖުރިބާކާރުން ލައްވައި މިންކުރުވައި، އޭގެ ނަތީޖާ 'މިހާރު އެވޯޑްސް" ގައި މިރޭ ގެނެސްދޭނީ، އެހާމެ ކުލަގަދަ ރަސްމިއްޔާތަކުންނެވެ.