މިހާރު އެވޯޑްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ޕޮލިސް ކްލަބްގެ އަލީ ހުޒާމް (ހުޒަންޓެ) ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އާއި ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބަށް ކުޅުނު އައިޝަތު މާޖިދާ ހާސިލްކޮށްފި އެވެ.
06 އޯގަސްޓް 2019
މިހާރު އެވޯޑްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ޕޮލިސް ކްލަބްގެ އަލީ ހުޒާމް (ހުޒަންޓެ) ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އާއި ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބަށް ކުޅުނު އައިޝަތު މާޖިދާ ހާސިލްކޮށްފި އެވެ.
މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހުޒަންޓެ ހޯދީ 789 ޕޮއިންޓާ އެކު އެވެ. އެންމެ މޮޅު ފިރިހެން ދެ ވަނަ ކުޅުންތެރިޔަކަށް ހޮވުނު ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށް ލިބުނީ 763 ޕޮއިންޓެވެ. ތިން ވަނަ ދިޔައީ އެންމެ ފަހުން މޮޅު ކުޅުންތެރިޔަކަށް ހޮވުނު މިދިޔަ އަހަރު ހުޅުމާލެ ސްޕޯޓްސް ކްލަބަށް ކުޅުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. އޭނާ އަށް ލިބުނީ 638 ޕޮއިންޓެވެ. ފިރިހެން މޮޅު ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑްސްގެ ޕާޓްނަރު އުރީދޫގެ ސީއީއޯ ނަޖީބް ހާން އެވެ.
ހުޒަންޓެ، މިދިޔަ އަހަރު ހޯދި ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ޕޮލިހަށް ހޯދައިދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެސޯސިއޭޝަން ކަޕްގެ ރަނަރަޕަށް ވެސް ދިޔަ ޕޮލިހުގެ ގިނަ މެޗުތަކުގައި މޮޅަށް ކުޅުނު ހުޒަންޓެ ވަނީ މިދިޔަ އަހަރުގެ ދެ މުބާރާތުގެ ވެސް ޑްރީމް ޓީމުގައި ހިމެނިފަ އެވެ.
އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މާޖިދާ ހޯދީ 902 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އަށް ލިބުނީ 769 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ ކްލަބް ވެމްކޯ އާއި ފޮނަދޫ ޓީމުން ފެނުނު ސެޓަރު ޖޫޒަން ޒަރީރު އެވެ. އޭނާ އަށް ލިބުނީ 500 ޕޮއިންޓެވެ. ތިން ކުޅުންތެރިންނަށް ވެސް އިނާމް ހަވާލުކޮށްދެއްވީ އެވޯޑްސްގެ ޕާޓްނަރު އެލައިޑްގެ މެނޭޖިން ޑިރެކްޓަރު ޝަފާޒް މުހައްމަދެވެ.
މިދިޔަ އަހަރު މާޖިދާގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ މައިޑާ އަށް އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮޮށްފަ އެވެ. އަދި ގައުމީ މުބާރާތުގައި ފޮނަދޫ ޓީމަށް މޮޅަށް ކުޅެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނެވެ.
އެންމެ އުއްމީދީ އަންހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހަށް ކުޅުނު ޝަހާ ޝާމިން އެެވެ. އޭނާ މި އެވޯޑް ހާސިލްކުރީ ހަމްނާ އަހުމަދާއި ޝާނިޔާ އަހުމަދު ނިޒާމްއާ ވާދަކޮށެވެ. ފިރިހެން އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ އަރީޒް މުހައްމަދު އެވެ. އޭނާއާ ވާދަކުރީ އަލާމް މުހައްމަދާއި އަހުމަދު މުޒްލިފް އެވެ.
މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ރެއިންބޯ، ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، މެޓަލް ސައިންސް، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.
މިހާރު އެވޯޑްސް: ސްޕޮންސަރުންނަކީ އުރީދޫ އާއި އެލައިޑް
"މިހާރު އެވޯޑްސް" ހަފުލާ އަންނަ މަހުގެ 5 ގައި
ކޮވިޑަށް ފަހު "މިހާރު އެވޯޑްސް" ބަދަލުތަކަކާއެކު
ދިވެހި ލީގުގެ ދެ ވަނަ ބުރުގެ ގަދަ ފަހެއް ހޮވައިފި
ވޮލީބޯޅައިގެ ދެ މުބާރާތުގެ މޮޅު ކުޅުންތެރިން ހޮވައިފި
ގައުމީ އަންހެން މުބާރާތުގެ ގަދަ ފަހެއް ހޮވައިފި
ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ގަދަ ފަހެއް ހޮވައިފި
ބުރަ މަސައްކަތުން ހުޒަންޓެގެ ހުވަފެން ހަގީގަތަކަށް
މިހާރު އެވޯޑްސް: މޮޅު ކުޅުންތެރިއަކަށް ދަގަނޑޭ
ކުޅިވަރުގެ ބޮޑު ހަފުލާ "މިހާރު އެވޯޑްސް" މިރޭ!