05 އޯގަސްޓް 2019
ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލް ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލް ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ކުޑަމުރައިދޫގައި ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ސަރުކާރުން ވަނީ ޖޭއެޗް ރިސޯޓްސް އަށް 25 އަހަރަށް ކުއްޔަށް ދޫކޮށްފަ އެވެ. އެކަމަކު 2015 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރީ ޖޭއެޗް ރިސޯޓްސް އިން އެއްބަސްވުމާ އެއްގޮތަށް ފައިނޭޝަލް ޑޮކިއުމަންޓްތައް ހުށަނާޅާތީ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން 2016 ގައި ހުކުމް ކޮށްފައިވަނީ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި، އެ އެއްބަސްވުން ބާތިލް ނުވެ އަދިވެސް ދެމި އޮންނާނެ ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި، ނޯޓިސް ދިނުމެއް ނެތި ވަގުތުން ވަގުތަށް އެއްބަސްވުން ބާތިލް ކުރެވިދާނެ ހާލަތްތައް ބަޔާން ކޮށްފައި އޮތްއިރު، އޭގެ ތެރޭގައި ފައިނޭޝަލް ޑޮކިއުމެންޓްތައް ހުށަނޭޅުން ހިމެނިފައި ނެތް ކަމަށެވެ. އަދި ކުލި ދެއްކުން ފިޔަވައި އެހެން ކަންކަމުގައި އެއްބަސްވުމުގެ ޝަރުތަކާ ޚިލާފްވެއްޖެ ނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން އެހެން ފިޔަވަޅުތަކެއް އަޅަން އެއްބަސްވުން ލާޒިމްކުރާ ކަމަށާއި އެހެންވެ، ފައިނޭޝަލް ޑޮކިއުމެންޓް ހުށަނޭޅިޔަސް އެއްބަސްވުން ބާތިލް ކުރަން ޖެހޭނީ އެ އިޖްރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ހުކުމުގައިވެ އެވެ.
އެ އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފަށް އަމަލު ކޮށްފި ނަމަ، އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބުނާ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އިޖްރާއާތުތަކާ ޚިލާފަށް އެ އެއްބަސްވުން ބާތިލް ކޮށްފައިވާތީ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ޖޭއެޗް ރިސޯޓްސްއަށް ލިބިގެންވާ ކަމަށް ދަށު ކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް، ކުޑަމުރައިދޫ ކުއްޔަށް ދިނުމުގެ މުއްދަތު 50 އަހަރަށް އިތުރު ކުރުމަށްޓަކައި އެއްބަސްވުމަށް އިސްލާހު ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ޖޭއެޗް ރިސޯޓްސަށް އަންގާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަމަށް ދައުލަތުން ދެކޮޅު ހަދާފައި ނެތް ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ކުޑަމުރައިދު އާއި ހޮނޑާފުށީގެ މައްސަލަ ހައި ކޯޓަށް
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
ނެއްލައިދޫން މިނިސްޓަރު ގެންދިޔައީ ހިޔާލީ ރިސޯޓަކަށް!
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
ބޭރު އާބިޓްރޭޝަންގެ މައްސަލައަކަށް ހައިކޯޓުން އަމުރެއް
ރިހިވެލީގެ ސަބް ލީސް ބާތިލްކުރީ ރަނގަޅަށް: ހައި ކޯޓް
ދޮރަގަލި ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާކަށް ނުޖެހޭ