Roadha Mihaaru
އުނޫޝާގެ "އުދުހިލާ" އަކީ ކުޑަކުދިންގެ ނާނާތަކެއް

އުނޫޝާގެ "އުދުހިލާ" އަކީ ކުޑަކުދިންގެ ނާނާތަކެއް

09 އޯގަސްޓް 2019

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އުނޫޝާ "އުދުހިލާ" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އަލްބަމެއް ނާނާތަކަކާ އެކު ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އުނޫޝާ "އުދުހިލާ" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އަލްބަމެއް ނާނާތަކަކާ އެކު ނެރެން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޖަޖްކަން ވެސް ކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާގެ މި އަލްބަކީ އޭނާގެ މިއުޒިކް ޕާޓްނަރު ބާސިތު (ބާޗީ) ސައީދުއާ ގުޅިގެން ގެނެސްދޭ އަލްބަކެވެ. މުޅިން ވެސް ކުޑަކުދިންނަށް ހާއްސަ ނާނާތަކެއް ހިމެނޭ "އުދުހިލާ" އަލްބަމްގެ ކަވަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ދާދި ފަހުން އަލަތު ދަރިފުޅު ލިބުނު އުނޫޝާގެ މި އަލްބަމުގައި ހަތް ނާނާ ހިމެނޭ އިރު އޭނާ ބުނީ އަލްބަމް ޑެޑިޑޭޓް ކުރާނީ އޭނާގެ ފިރިހެން ދަރިފުޅާއި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާއި މައިންނަށް ކަމަށެވެ.

އުނޫޝާ އާއި ބާޗީ ގުޅިގެން ގެނެސްދޭ ފުރަތަމަ އަލްބަމް "އުދުހިލާ" ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. އުނޫޝާ ބުނީ އެ ދުވަހަކަށް އޭނާ ހުރީ ކެތްތެރިކަން ކުޑަވެފައި ކަމަށެވެ.

މި އަލްބަމަކީ ސައުންޑް ސްކޮޑާއި ލޫޕްކްރާފްޓްގެ މަސައްކަތެކެވެ.

ރާއްޖޭގެ އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އުނޫޝާއަކީ މީގެ ކުރިން ވެސް ހިތްގައިމު ރީތި ލަވަތަކެއް ގެނެސް ދީފައިވާ ފަންނާނެކެވެ. އެހެންވެ އޭނާ މި ފަހަރު ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ނާނާތައް ހިމެނޭ އަލްބަމަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެވެ.