Roadha Mihaaru
ކާބަން ނިއުޓްރަލްވާން ބީފް ބާގާ މަނާކުރަނީ

ކާބަން ނިއުޓްރަލްވާން ބީފް ބާގާ މަނާކުރަނީ

16 އޯގަސްޓް 2019

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުންނާއި ތިމާވެއްޓާ ބީރައްޓެހި ހަކަތާއާ ދުރުވާން އިނގިރޭސިވިލާތުގެ ގޯލްޑްސުމިތުސް ޔުނިވަސިޓީން އެތަނުގެ އައުޓްލެޓްތަކުގައި ބީފް ބާގާ މަނާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުންނާއި ތިމާވެއްޓާ ބީރައްޓެހި ހަކަތާއާ ދުރުވާން އިނގިރޭސިވިލާތުގެ ގޯލްޑްސުމިތުސް ޔުނިވަސިޓީން އެތަނުގެ އައުޓްލެޓްތަކުގައި ބީފް ބާގާ މަނާކުރަން ނިންމައިފި އެވެ.

އެ ޔުނިވަސިޓީން ބުނި ގޮތުގައި 2025 އަންނަންވާ އިރަށް ކާބަން ނިއުޓްރަލް ޔުނިވަސިޓީއަކަށް ގޯލްޑްސްމިތުސް ޔުނިވަސިޓީ ހެދުމަކީ އަމާޒެކެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި ނޫން ގޮތްގޮތަށް ހުންނަ ކަންކަން ހުއްޓައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ

އެތަނުން ބުނި ގޮތުގައި ޔުނިވަސިޓީގެ އެއްވެސް ކެމްޕަހެއްގެ ކެފޭ އައުޓްލެޓެއްގައި އަންނަ މަހުން ފެށިގެން ބީފާ ބާގާ ވިއްކުން މަނާވާނެ އެވެ. އޭގެ ބަދަލުގައި ހިތްވަރު ދޭނީ ޓޯފޫ ކަހަލަ ބާވަތްތަކުން ހަދާފައި ހުންނަ ބާގާތަކަށް ވެސް ކަމަށް ވެސް ގޯލްޑްސުމިތުސް އިން ބުންޏެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބީފްގެ ކޮންމެ 100 ގްރާމުން 105 ކިލޯގެ ގްރީންހައުސް ގޭސް އުފައްދަ އެވެ. އެއާހިލާފަށް ޓޯފޫގައި އެ ނިސްބަތް އުޅެނީ އެންމެ 3.5 ކިލޯގަ އެވެ.

ގޯލްޑްސުމިތުސް ޔުނިވަސިޓީން ބުނި ގޮތުގައި ބީފް މަނާކުރުމަށް ފަހު، އާ ދިރާސީ އަހަރާ އެކު ޕްލާސްޓިކް ފެންފުޅި އާއި ޕްލާސްޓިކް ކޮންމެ ތައްޓަކަށް ޔުނިވަސިޓީން ދަރިވަރުންގެ އަތުން 10 ޕައުންޑްގެ ޗާޖެއް ނަގާނެ ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ހިޖުރަ ކުރަން ކުރާ މަސައްކަތުގެ ދަށުން ނިއު ކްރޮސްގައި ހުރި ގޯލްޑްސްމިތުގެ ކެމްޕަސްތަކުގައި އިތުރު ސޯލާ ޕެނެލްތައް ހަރުކޮށް، ކުރިއަށް އޮތް ތަނުގައި އެތަންތަން 100 ޕަސަންޓް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރަން ވަނީ ރާވައިފަ އެވެ.