ހއ. ދިއްދޫގައި މިއަދު ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗު ހޫނުވެ، ދަނޑުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ.
16 އޯގަސްޓް 2019
ހއ. ދިއްދޫގައި މިއަދު ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗު ހޫނުވެ، ދަނޑުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ.
ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ، މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ބޭއްވި އެ މުބާރާތުގެ ފައިނަލް މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ އެއް ކުޅުންތެރިއަކަށް ރެފްރީ ރަތް ކާޑެއް ދެއްކުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން އެއް ކުޅުންތެރިއަކު ބެންޗެއް ބިންދާލައި، ބައެއް ގެއްލުންތައް ދަނޑަށް ދިން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ގޮނޑިތަކަށާއި މުބާރާތުގައި ދިނުމަށް ގެންދިޔަ ތަށިތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
"ދެން ކޮންމެވެސް ވަރަކަށް ރެފްރީ ގަޔަށް އަތްލާން މަސައްކަތް ވެސް ކުރި ކަމަށް ވަނީ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ހިތްހަމަނުޖެހުނު ޓީމުން ވަނީ އެ މެޗް އިތުރަށް ނުކުޅެން ނިންމައި، ދަނޑުން ފައިބައިގެން ގޮސްފަ އެވެ. އަދި އެ ޓީމަށް އަލުން ދަނޑަށް ހާޒިރުވާން ފުރުސަތު ދިނުމަށް ފަހު ހާޒިރު ނުވުމުން އަނެއް ޓީމް މޮޅުވީ ކަމަށް ރެފްރީ ނިންމައި، މުބާރާތް މިއަދު ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ ހަމަނުޖެހުން ހިނގިކަން ފުލުހުންގެ ސަމާލު ކަމަށް ވެސް މިހާރު އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ޖޫން މަހު ވެސް ދިއްދޫގައި ބޭއްވި ފުޓުބޯޅަ މެޗެއް ހޫނުވެ، އެ ރަށުގެ ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުންނަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.
ދަނޑުގެ މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރު
ދަނޑުގައި ހިނގި މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރު
ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ތަހުގީގުކުރަނީ
ރައުދަށް 27 ދުވަހުގެ ހުކުމެއް، ތަންފީޒުކުރާކަށްނުޖެހޭ
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް
ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ތަފްސީލެއް ނެތް
"ސިނގިރެޓް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު