Roadha Mihaaru

ކުޓީނިއޯ ލޯން އުސޫލުން ބަޔާން މިއުނިކަށް

މިއުނިކް (އޮގަސްޓް 17) – ބްރެޒިލް މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ ލޯން އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ދޫކޮށްލަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.

ކުޓީނިއޯ ލޯން އުސޫލުން ބަޔާން މިއުނިކަށް

މިއުނިކް (އޮގަސްޓް 17) – ބްރެޒިލް މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ ލޯން އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ދޫކޮށްލަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބާސެލޯނާ ބަލިވި މެޗުގެ ސްކޮޑުގައި ވެސް ކުޓީނިއޯ ހިމަނާފައިނުވައިރު އެ ކްލަބުގެ ޑިރެކްޓަރު ހުއިލެމް އަމޯރް ވަނީ އޭނާ ބަޔާނަށް ބަދަލުވުމާ ގާތަށް ގޮސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

"އަހަރެމެންނަށް ޔަގީންކޮށްދެވިދާނެ ކުޓީނިއޯ ލޯން އުސޫލުން ބަޔާނަށް ބަދަލުވުމަށް އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އާދެވިފައިކަން. އަހަރެމެން ދެން ޖެހޭނީ ހަމައެކަނި ޑީލް ފައިނަލްކޮށްލަން،" އަމޯރް ވިދާޅުވި އެވެ.

ޖަރުމަން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ހާތާ ބާލިންއާ 2-2 އިން އެއްވަރުވި ބަޔާން މިއުނިކުން އެއްބަސްވީ އެއް އަހަރުގެ ލޯނެއްގެ ދަށުން ކުޓީނިއޯ ގެނައުމަށް ފަހު، އަހަރު ހަމަވުމުން ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ އަކީ ލިވަޕޫލް ދޫކޮށް 120 މިލިއަން ޔޫރޯ އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ކުޅުންތެރިޔެކެވެ. ޒަވީ އާއި އަންދްރެސް އިނިއެސްޓާ މެން ނެތުމުން ހުސްވި ޖާގަ ފުރާނެ ކަމަށް ބެލެވުނު ކުޅުންތެރިޔާ އަށް ދޮޅު އަހަރުގެ ތެރޭ ކްލަބުގައި ފައިހަރުކުރެވޭ ގޮތެއް ނުވި އެވެ. މެދުތެރޭގައި ވެސް އަދި އެޓޭކުގައި ވެސް އޭނާ އަށް ޖާގަ ކަށަވަރެއް ނުކުރެވުނެވެ.

ކުޓީނިއޯ އެނބުރި ލިވަޕޫލަށް ނުވަތަ ޕްރިމިއާ ލީގުގެ އެހެން ކްލަބަށް ބަދަލުވުމާ ވެސް ގާތަށް ދިޔަ އެވެ. އޭނާ އަށް ބަޔާނުގައި އެކަށީގެންވާ ފުރުސަތުތަކެއް ލިބޭނެ އެވެ. އެއީ އާޔެން ރޮބެން އާއި ފްރޭންކް ރިބެރީ ނެތުމާ އެކު އެވެ.

އަނެއްކޮޅުން ބާސެލޯނާ އިން ކުޓީނިއޯ ދޫކޮށްލުމާ އެކު، ޕީއެސްޖީން ނޭމާ ގެންނަން މިވަނީ އިތުރު ބާރެއް އެޅިފަ އެވެ. ނޭމާ އަލުން ގަންނަން ބާސެލޯނާ އިން ކުރި އެއްވެސް ބިޑަކަށް ޕީއެސްޖީން އާނ ބަސް އަދި ނުބުނެ އެވެ. އެކަމަކު ޓްރާންސްފާ ބަންދުވާތީއާ ވެސް އެކު ފައިނަލް ބިޑެއް އަދި ކުރާނެ އެވެ.