Roadha Mihaaru

ހާލަތުގެ ފައިދާ ނަގައި އެސްޓަން ވިލާ އިން ކުޓީނިއޯ އަށް ފާރަލަނީ

ބާސެލޯނާ (ޖެނުއަރީ 6) - ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ފިލިޕޭ ކުޓީނިއޯ ގެންނަން ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް އެ ރޭހުގެ ކުރިއަށް އެސްޓަން ވިލާ ޖެހިލައިފި އެވެ.

ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

06 ޖެނުއަރީ 2022

ބާސެލޯނާ (ޖެނުއަރީ 6) - ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ފިލިޕޭ ކުޓީނިއޯ ގެންނަން ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް އެ ރޭހުގެ ކުރިއަށް އެސްޓަން ވިލާ ޖެހިލައިފި އެވެ.

ކުޓީނިއޯ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އޭނާއާ އެކު ލިވަޕޫލްގައި ކުޅުނު ކެޕްޓަން ސްޓީވަން ޖެރާޑް ކޯޗުކޮށްދޭ އެސްޓަން ވިލާ އެވެ. ކުޓީނިއޯ ވަނީ ލިވަޕޫލްގައި ޖެރާޑާ އެކު ކުޅުނު ދެ އަހަރާއި ބައިގެ މުއްދަތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދާދި ފަހުން މެންޗެސްޓާ ސިޓީން 65 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ގެންދިޔަ ފޯވާޑް ފެރާން ޓޮރޭޒް އެ ޓީމުގެ ކުޅުންތެރިންގެ ލިސްޓުގައި ރަޖިސްޓްރީ ކުރެވިފައެއް ނުވެ އެވެ. ސްޕެނިޝް ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުގެ ދަށުން އޭނާ ލިސްޓުގައި ޖެހެން އަންނަނީ ބާސެލޯނާ އިން ކުޅުންތެރިން ދޫކޮށްލައިގެންނެވެ.

ކުޓީނިއޯ މި ސީޒަނުގައި ބާސެލޯނާ މެޗެއްގައި.--

ކުޓީނިއޯ މި ސީޒަނުގައި ބާސެލޯނާ މެޗެއްގައި.--

އެސްޓަން ވިލާގެ އިތުރުން ލިވަޕޫލް، އެވަޓަން، އާސެނަލް އާއި ޓޮޓެންހަމް އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް ކުޓީނިއޯ ހޯދަން މަސައްކަތް ކުރާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ބާސެލޯނާގައި ކުޅެން ލިބޭ ފުރުސަތު މަދުވުމާ އެކު ކުޓީނިއޯ ވެސް ވަނީ އޭނާ އެނބުރި ޕްރިމިއާ ލީގަށް ދާން ބޭނުންވާކަން ހާމަކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން 120 މިލިއަން ޔޫރޯ (146 މިލިއަން ޕައުންޑް) އަށް ލިވަޕޫލުން ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯ، 29، އަށް އެ ޓީމުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އޭނާ ވަނީ ލޯނު އުސޫލުން ޖަރުމަންގެ ބެޔާން މިއުނިކާ އެކު އެއް ސީޒަން ކުޅެފަ އެވެ.

ބެޔާން މިއުނިކަށް ކުޅުނު ސީޒަނުގައި ކުޓީނިއޯ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު.--

ބެޔާން މިއުނިކަށް ކުޅުނު ސީޒަނުގައި ކުޓީނިއޯ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު.--

ބެޔާންއާ އެކު ކުޓީނިއޯ ވަނީ އެ ޓީމުގައި މޮޅަށް ކުޅެފަ އެވެ. ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ބެޔާނުން އެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، ކުއާޓާ ފައިނަލުގައި ބާސެލޯނާ 8-2 އިން ބަލިކުރި މެޗުގައި ކުޓީނިއޯ ވަނީ ފަހު 14 މިނިޓުގައި ކުޅެން އަރައި ދެ ގޯލު ވެސް ޖަހައިފަ އެވެ.

ކުޓީނިއޯއާ އެކު ބާސެލޯނާ އިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އޭނާ ވަނީ މި ސީޒަނުގައި ބާސެލޯނާއަށް 16 މެޗުގައި ކުޅެފަ އެވެ.

ކުޓީނިއޯގެ އިތުރުން އިޓަލީގެ ބޮލޯނިއާ އަށް ކުޅޭ އުމުރުން 19 އަހަރުގެ ސްކޮޓްލެންޑް ޑިފެންޑަރު އާރޮން ހިކޭ ވެސް ގެންނަން އެސްޓަން ވިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަނުގައި ބޮލޯނިއާ އަށް ބަދަލުވި ހިކޭ ވަނީ މި ސީޒަނުގައި ކުޅުނު 19 މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ.