Roadha Mihaaru
މުޅި ރާއްޖޭގައި ތެރަޕީގެ ޚިދުމަތްދިނުމަށް މަޝްވަރާކޮށްފި

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން މަޝްވަރާކޮށްފި

19 އޯގަސްޓް 2019

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަން އެ ބައްދަލުވުމުގައި ނައިބު ފާހަގަކުރެއްވި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް އޭގެ ތެރޭގައި ހިމެނި މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު ލިބުމުގެ މުހިއްމު ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް ތެރަޕީގެ ޚިދުމަތް ދިނުމާއި މާބަނޑުވުމަށް ފަހު ކުއްޖާއަށް ފަސް އަހަރު ފުރެންދެން ކުއްޖާގެ ހެދިބޮޑުވުމުގެ ކަންކަން މޮނީޓާ ކުރުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންސްޕާ އާއި އާސަންދަ ކުންފުނީގެ އޮފިޝަލު ވެސް ބައިވެރިވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.