Roadha Mihaaru

ޑައިވިނަށް ގޮސް ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް ފެނިއްޖެ

ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ސިފައިން މިއަދު ކުރި ޑައިވެއްގައި 68 މީޓަރު (223 ފޫޓް) އަަޑިން ޑައިވިން ބެލްޓެއް ފެނިއްޖެ އެވެ.

ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް

ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ސިފައިން މިއަދު ކުރި ޑައިވެއްގައި 68 މީޓަރު (223 ފޫޓް) އަަޑިން ޑައިވިން ބެލްޓެއް ފެނިއްޖެ އެވެ.

ބެލްޓެއް ފެނުނު ކަމަށް ބުންޏަސް މިއީ ގެއްލުނު މުހައްމަދު ސައީދުއާ ގުޅުން ހުރި އެއްޗެއް ކަމަކަށް އެމްއެންޑީއެފަކުން ނުބުނެ އެވެ.

މީގެ ކުރިން ވަނީ ސައީދު މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އެއްޗެއް ވެސް ފެނިފަ އެވެ. އެ ފެނުނީ 59 މީޓަރު އަޑިންނެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއް ނެތި އަދިވެސް އަންނަނީ ސައީދު 44، ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓް ގާޑުގެ ޑައިވަރުން މިއަދު ވެސް ވަނީ އެ ސަރަހައްދަށް ހަތަރު ޑައިވެއް ކޮށްފަ އެވެ.

ސައީދު ގެއްލުނީ ފުވައްމުލަކުގެ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް އިތުރު މީހަކާ އެކު ޑައިވިން އަށް ގޮސް އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު ހަވީރު އެވެ. އޭނާއާ އެކު ދިޔަ މީހާ ފެނިފައިވާއިރު، އޭނާގެ ހާލު އަދިވެސް ވަރަށް ގޯހެވެ.