Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގެއްލުނު ޓޫރިސްޓު އަދިވެސް ނުފެނޭ

ގެއްލުނު ޓޫރިސްޓް ހަފްތާއެއްވީ އިރު ވެސް ނުފެނޭ

25 އޯގަސްޓް 2019

މިދިޔަ އާދިއްތަ ދުވަހު ގެއްލުނު ޓޫރިސްޓް އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ އާދިއްތަ ދުވަހު ގެއްލުނު ޓޫރިސްޓް އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ޓޫރިސްޓު ހޯދަން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލެ އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނީ 41 އަހަރުގެ ޗައިނާ އަންހެނެކެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ އެ އޭރިއާގެ [ޓޫރިސްޓު ގެއްލުނު ހިސާބުގަނޑުގެ] ކަނޑުގެ ސާފަސް ބަލަމުން،" ކެޕްޓެއިން އާޒިމް ވިދާޅުވި އެވެ.

"އޮކާ އެމް7 އެސް" ސަފާރީގައި ޑައިވިނަށް ދިޔަ އެ ޓޫރިސްޓު އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑު ސުއިޓެކެވެ. އަދި އޭނާ ހުރީ ހުދު ކުލައިގެ ފިންސަކަށް އަރައިގެން ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އަޅައިގެން ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ބުނެފައި ވެ އެވެ.

ޑައިވްކޮށްގެންނާއި ވައިގެ މަގުން އެ ޓޫރިސްޓު ހޯދަން މިދިޔަ ހަފްތާގައި ސިފައިންނާއި ކޯސްޓުގާޑުން މަސައްކަތްކުރި އެވެ.

ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅޭ ޓޫރިސްޓުން ގެއްލި ހިތާމަވެރި ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.