Roadha Mihaaru
ފުވައްމުލަކު ފްލެޓްތަކުގެ ޕޮއިންޓް ލިސްޓް އާންމުކޮށްފި

ފުވައްމުލަކު ފްލެޓްތަކުގެ ޕޮއިންޓް ލިސްޓް އާންމުކޮށް، ޝަކުވާ ހުށަޅަން ހުޅުވާލައިފި

20 އޯގަސްޓް 2019

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އަޅާފައިވާ 200 ފްލެޓް ތެރެއިން ހުޅުވައިލި 140 ފްލެޓަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އަޅާފައިވާ 200 ފްލެޓް ތެރެއިން ހުޅުވައިލި 140 ފްލެޓަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނި ގޮތުގައި ޕޮއިންޓް ލިބުނު ގޮތާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް އޮންނާނެ އެވެ. ޕޮއިންޓް ލިސްޓް ވަނީ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑާއި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ގެޒެޓްގައި ވެސް އާންމުކޮށްފަ އެވެ.

ފުވައްމުލަކުގައި ދެ ސަރަހައްދެއްގައި އިމާރާތް ކުރި ފްލެޓްތައް ދޫކުރަނީ ދެ ކެޓަގަރިީއެއްގެ ދަށުންނެވެ. އެއީ އެ ސިޓީގެ ރައްޔިތުންނަށް ދޫކުރާ ފްލެޓްތަކާއި ފުވައްމުކަލަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ދޫކުރަން އިއުލާން ކުރީ 120 ފްލެޓެވެ. އަނެއް ކެޓަގަރީން ހުޅުވައިލީ 20 ފްލެޓެވެ.

އެގޮތުން ސިޓީގެ ރައްޔިތުންނަށް ހުޅުވައިލި 120 ފްލެޓަށް 138 މީހަކު ޝަރުތު ހަމަވާ އިރު، ހިޖުރަ ކުރަން ބޭނުންވާ މީހުންގެ ފްލެޓްތަކަށް 15 މީހަކު ޝަތުރު ހަމަވެގެން ލިސްޓްގައި ހިމަނާފައިވެ އެވެ.

ފުވައްމުލަކު ކައުންސިލުން ބުނި ގޮތުގައި ފައިނަލް ލިސްޓް އާންމު ކުރާނީ މިހާރު އާންމުކޮށްފައިވާ ލިސްޓަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ލިސްޓަށް ގެންނަށް ޖެހޭ އުނިއިތުރެއް ވާނަމަ އެ އުނިއިތުރެއް ގެނައުމަށް ފަހު އެވެ.

މި ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން ވެސް ވަނީ ނިންމައިފަ އެވެ.