Roadha Mihaaru
ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ ޔޫކޭގައި

ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ އިނގިރޭސިވިލާތުގައި

22 އޯގަސްޓް 2019

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކުގައި ވިއްކަން ހުންނަ ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ އިނގިރޭސިވިލާތުގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކުގައި ވިއްކަން ހުންނަ ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ އިނގިރޭސިވިލާތުގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ހެލްތު ސްޓާ ރޭޓިން އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ޖޯޖް އިންސްޓިއުޓް އޮފް ގްލޯބަލް ހެލްތު ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތީގެ ތެރޭގައި ހަކުރާއި ލޮނާއި ފެޓާއި ކެލަރީ މިންގަނޑުން ބޭރު ނުވެ އެންމެ ރަނގަޅަށް ހިފަހައްޓަނީ އިނގިރޭސިވިލާތުގަ އެވެ.

އެ ގައުމުގެ ފަހަތުން މި ލިސްޓްގެ ގަދަ ތިނެއްގައި ދެން އޮތީ އެމެރިކާ އާއި އޮސްޓްރޭލިއާ އެވެ.

ދިރާސާ ހަދާފައި ވަނީ ބޮޑެތި މާކެޓްތައް އޮތް 12 ގައުމެއްގެ 400،000 އައިޓަމް އެނަލައިޒްކޮށްގެންނެވެ.

މީހަކު ބާޒާރު ކުރަނީ.

މީހަކު ބާޒާރު ކުރަނީ.

އޮބިސިޓީ ރިވިއުސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި އިނގިރޭސިވިލާތުގެ ބާޒާރުތަކުގައި ވިއްކާ ބަންދުކުރި ކާބޯތަކެތީގެ ހެލްތު ސްޓާ ރޭޓިންއަކީ 2.83 އެވެ. އެމެރިކާގެ ރޭޓިން 2.82 ގައި އޮތް އިރު، އޮސްޓްރޭލިއާގެ ރޭޓިންއަކީ 2.81 އެވެ.

މި ރޭޓް އެންމެ ދަށް ތިން ގައުމުގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ އިންޑިއާ (2.27)، ޗައިނާ (2.43) އަދި ޗިލީ (2.44) އެވެ.

އިނގިރޭސިވިލާތުގެ ބާޒާރުތަކުގައި ވިއްކާ ބަންދުކުރި ކާބޯތައްޗަކީ ހަކުރު މިންވަރު އެންމެ ދަށް ގައުމު ވެސް މެ އެވެ. އެއީ ކޮންމެ ކާ އެއްޗެއްގެ 100 ގްރާމަށް 3.5 ގްރާމްގެ ހަކުރެވެ. އަދި ބުއިންތަކުގެ ތެރެއިން ކޮންމެ 100 ގްރާމަކަށް 7.2 ގްރާމެވެ. އެ ބާވަތް އެއްކޮށް ހިސާބުޖަހާ އިރު އެ ނިސްބަތް އުޅެނީ ކޮންމެ 100 ގްރާމަކަށް 3.8 ގްރާމެވެ.

މީހަކު ބާޒާރު ކުރަނީ.

މީހަކު ބާޒާރު ކުރަނީ.

ދިރާސާ ހެދި ޓީމްގައި އިސްކޮށް އުޅުއްވި ޑރ. އެލިޒަބަތު ޑަންފޯޑް ވިދާޅުވި ގޮތުގައި ކާބޯތަކެތި ބަންދުކުރުމުގައި ގައުމުތަކުން މިހާރު އަންނަނީ ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަކުރާއި ލޮނުގެ މިންވަރު ދަށްކުރަމުން އަންނަ ނިސްބަތް ވަކިން ހާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މި ތަފާތު ފެނުން ކުޑައީ ފަގީރު ގައުމުތަކުގައި،" އެލިޒަބަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލައިފް ސްޓައިލަށް އަންނަ ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޕްރޮސެސް ކުރި ކާނާތަކަށް ބަރޯސާވަމުން އަންނާތީ އެފަދަ ތަކެތި ރައްކާތެރި ކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.