އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ކަމަށް މިހާރުގެ ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
23 އޯގަސްޓް 2019
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ކަމަށް މިހާރުގެ ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިގޮތަށް މި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނަން ފޮނުއްވުމާ ގުޅިގެން ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.
އެއާއެކު، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވާ ރައުޔުއެއް ވެސް ވަނީ އާންމުވެފަ އެވެ.
Anhenunnah fandiyaarukameh nukureveyne: Fathuvaa Majilis
The most trusted news source in the Maldives
Mihaaru
ފަތުވާ މަޖިލީހުންގެ ނިންމުން-
އަޒުހަރު ޔުނިވާސިޓީން ދީނީ ތައުލީމް ހާސިލް ކުރެއްވި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ކުރީގެ އިލްމުވެރިންނާއި މިހާރުގެ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށެވެ. އޭގެ ތެރޭގައި މުހައްމަދު އިބުނު ޖަރާރު ތަބާރީ އާއި ހަސަނުލް ބަސްރީ އާއި އަބްދުލް ކަރީމް ޒައިދާން ފަދަ އިލްމުވެރިން ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
Anhenun fan’diyaarukan kurumakee Islam dheenugai hudhdha kameh kamah kureege ilmuveringe therein Al-Tabari, Ibn Hazm, Hasanul Basri fadha beyfulhun vidhaalhu vefai vey. Yusuf al-Qaradhawi, Abdul Kareem Zaidan, Saeed Ramadan fadha mihaaruge gina ilmuverin ves vidhaalhuvanee ehen.
— Maumoon Abdul Gayoom (@maumoonagayoom) August 23, 2019
ރައީސް މައުމޫން ކުރެއްވި ޓްވީޓް---
އަންހެން ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ ވެސް މައުމޫންގެ ވެރިކަމުގަ އެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ ކޯޓުތަކުގައި އަންހެނުން އަންނަނީ ފަނޑިޔާރުކަން ކުރަމުންނެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނިންމީ އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ. ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޔަންކުރާ ދެ މަގާމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމުގައި ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
ފަނޑިޔާރު މައްސަލާގައި މުހިންމީ ފިގުހުގެ ބަސް: ނަޝީދު
އަންހެނުންނަށް ފުރުސަތު ދޭން ތެދުވަންޖެހޭ: ރޮޒެއިނާ
އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް މައްސަލައެއް
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ:ފަތުވާ މަޖިލިސް
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ