ސިނަމާލެ ބްރިޖު ހައިވޭގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކް ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރަން މިއަދު ފަށައިފި އެވެ.
24 އޯގަސްޓް 2019
ސިނަމާލެ ބްރިޖު ހައިވޭގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކް ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރަން މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ޑިވައިޑާތައް ކޮންކްރީޓުން ހަދައި ހައިވޭގައި ބަހައްޓަން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތަށް ހަފުތާއަކަށް ވުރެ ދިގު މުއްދަތެއް ނަގާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ބޭނުންކުރަން ފެށި ހައިވޭގައި ހިނގި އެކްސިޑެންޓުތަކެއްގައި ގިނަ ޑިވައިޑާތަކެއް ވަނީ ފުނޑުފުނޑުވެފަ އެވެ. އެހެންވެ ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނުއިރު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރި އެވެ.
ސުހެއިލް ވިދާޅުވީ، ޕްލާސްޓިކް ޑިވައިޑަރުތަކުން، އެއް ލޭނުން އަންނަ ވެހިކަލަކުން، އަނެއް ވޭލުން ދާ ވެހިކަލެއްގައި ޖެހި ގެއްލުންވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ މަޝްވަރާކުރުމަށް ފަހު އެންމެ ރައްކާތެރި ގޮތަކަށް ފެނުނީ ކޮންކްރީޓުން ޑިވައިޑާތައް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިވޭގެ ޑިވައިޑާތައް ކޮންކްރީޓުން، ހިޔާލު ތަފާތު!
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި
އެކްސިޑެންޓް މަދުކުރަން އިތުރު ސްޕީޑު ބަމްޕް ހަރުކުރަނީ
މިދިޔަ ހަފްތާގައި ބްރިޖާއި ހައިވޭގައި 44 އެކްސިޑެންޓް
ބްރިޖުން ދަނިކޮށް ކަރުގައި ކަންވާރު އެޅި އަނިޔާވެއްޖެ
ހުއްޓިފައި އޮތް ކާރަކާ ހެދި ނުރައްކާތެރި އެކްސިޑެންޓެއް
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި