ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަނީ ވަކި ބައެއް ނޫން ކަމަށާއި އެ ދާއިރާ އަށް އެންމެން ވެސް ނުފޫޒު ފޯރުވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
25 އޯގަސްޓް 2019
ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަނީ ވަކި ބައެއް ނޫން ކަމަށާއި އެ ދާއިރާ އަށް އެންމެން ވެސް ނުފޫޒު ފޯރުވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖޭއެސްސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓަކީ ހަރުދަނާ ރަނގަޅު ތަނަކަށް ހެދުމަށް ކުރާ މަސައްކަތާ މެދު އުފާ ކުރައްވާ ކަމަށާއި އެއީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެއާ އެކު، ޖުޑިޝަރީ އަށް އިތުބާރު ގެއްލެނީ ކޮން ސަބަބަކާ މެދުގައި ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުޑިޝަރީ ގޯހޭ ބުނުމަކުން ނުފުދޭ. އަޅުގަނޑުމެން ބަލަން ޖެހޭ އެ ތަންތަނުގެ ތައުލީމީ ފެންވަރާއި މަސައްކަތް ހިނގަމުންދާ ގޮތާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ވަންނަމުން ދަނީ ހަމައެކަނި ވިޔަފާރިވެރިންނާއި ސިޔާސީ ގޮތުން ތަފާތު ފިކުރުގެ މީހުންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެއީ ސަރުކާރުން ނުވަތަ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި ވެސް ނިންމާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ފަރާތްތަކެއްގެ ނުފޫޒު ފޯރުވަމުންދޭ. މަހުޖަނުން، ވިޔަފާރިވެރިން، ފައިސާވެރިންގެ ނުފޫޒު ވެސް ފޯރާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ ސްކޫލްތަކުގައި ތިބި ޓީޗަރުން މާސްޓާސް ހަދަން މަޖުބޫރުކޮށްފައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަތަމަ ޑިގްރީއެއް އޮވެގެން ފަނޑިޔާރު ކަމަށް ވަޑައިގެންނެވޭ ގޮތަށް އޮތުމުން، އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މާސްޓާސް ފެންވަރު މީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަންވެއްޖެ ނަމަ، މަސްއޫލިއްޔަތު އަދާނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓެއް އެކުލަވާލާ އިރު، ގާނޫނުތަކާއި ގަވައިދުތައް ބަދަލުކޮށްގެން ހަރުދަނާ ރަނގަޅު ތައިލީމެއް ލިބިފައިވާ ނަޒާހަތްތެރި، އެންމެން އިހްތިރާމް ކުރާ ބަޔަކު ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެތައް ނިންމުމެއް ނިންމާފައިވާ ކަމަށާއި ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުންތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިފައިވާ ހަމައެކަނި ބާރަކީ އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރުމުގެ ބާރު ކަމަށްވީ އިރު، ގާނޫނުއަސާސީން ނުލިބޭ ބާރުތަކެއް ސުޕްރީމް ކޯޓުން ނަގާފައިވާ ކަމަށެވެ. އެހެންވެ، އަދުލު އިންސާފު ގާއިމު ކުރާނެ ސުޕްރީމް ކޯޓެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަނީ
ސުޕްރީމްކޯޓަށް ފަހުގެ އިންޒާރުދޭން މަޖިލިހަށް ގަރާރެއް!
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރަން ފާސްކޮށްފި