30 އޯގަސްޓް 2019
އެކްޓަރު އަޖޭ ދޭވްގަން އަގުބޮޑު ކާރެއް ގަތުމަކީ ހައިރާންވާ ވަރުގެ ކަމަކަށް ނުވާނެ އެވެ. އޭނާ އަކީ ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ. އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އަދި އަޖޭއަކީ ހަމައެކަނި އެކްޓަރެއް ވެސް ނޫނެވެ. އޭނާއަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ.
އެކްޓަރު އަޖޭ ދޭވްގަން އަގުބޮޑު ކާރެއް ގަތުމަކީ ހައިރާންވާ ވަރުގެ ކަމަކަށް ނުވާނެ އެވެ. އޭނާ އަކީ ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ. އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އަދި އަޖޭއަކީ ހަމައެކަނި އެކްޓަރެއް ވެސް ނޫނެވެ. އޭނާއަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ.
އެކަމަކު އިންޑިއާގެ އެންމެ މުއްސަނދި މީހާގެ އަތުގައި އޮތް ކަހަލަ ކާރެއް އަޖޭގެ އަތުގައި އޮތުމަކީ ބޮޑު ކަމަކަށް ވެދާނެ އެވެ. މީޑިއާތަކުން ބުނާގޮތުން އަޖޭ ވަނީ ރޯލްސް ރޯއިސް ކަލިނަންއެއް ގަނެފަ އެވެ. އޭގެ އަގު 6.95 ކްރޯޑް ރުޕީސް (966,084.75 ޑޮލަރު) އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަޖޭވެފައި ވަނީ މި ބްރޭންޑް ކާރެއް އަމިއްލަކުރި އިންޑިއާގެ ތިން ވަނަ މީހާއަށެވެ. ރޯލްސް ރޯއިސް ކަލިނަން އޮންނަ އަނެއް ދެ މީހުންނަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ އާއި އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ކުންފުނި އަދި އެންމެ ކާމިޔާބު އެއް ފިލްމު ކުންފުނި ޓީ ސީރީޒް މިހާރު ހިންގުމާ ހަވާލުވެ ހުރި ބުޝަން ކުމާރެވެ.
އަޖޭ ރޯލްސް ރޯއިސް ކަލިނަންއެއް ގަތްއިރު، އޭނާގެ އަތުގައި މިހާރު ވެސް އަގުބޮޑު ކާރު ކަލެކްޝަނެއް އެބައޮތެވެ.
އޭގެ ތެރޭގައި ލޭންޑް ރޯވާ (ރޭންޖް ރޯވާ)، ބީއެމްޑަބްލިއު 5 ސީރީޒް، މާސިޑީޒް-ބެންޒް-އެސް ކްލާސް، އޮޑި ކިއު7، މާސިޑީޒް-ބެންޒް ޖީއެލް-ކްލާސް، ވޮލްވޯ އެކްސްސީ90 އަދި ޓޮޔޮޓާ ސެލިކާ ހިމެނެ އެވެ.
މީގެ އިތުރުން އަޖޭއަކީ މަޒަރާޓީ ކްއަޓްރަޕޯޓްގެ ބްރޭންޑްގެ ކާރެއް އެންމެ ފުރަތަމަ ގަތް އިންޑިއާގެ ފުރަތަމަ މީހާ ވެސް މެ އެވެ.
ދަރިފުޅު ގޮތް ނިންމާނީ އަމިއްލައަށް: ކާޖޮލް
ސުޝްމިތާގެ ކުރިން "އާރިއާ" ކާޖޮލް އާއި ރަވީނާ އަށް
އަޖޭގެ އަސްލު ނަމަކީ ވިޝާލް
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ
ކާޖޮލްގެ އާ ފިލްމަކީ "ދަ ލާސްޓް ހުރާ"
ކާޖޮލް ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ
ބަތަލާއިންނާއި ޑައިރެކްޓަރުންގެ ކައިވެނި ލިސްޓެއް
މި އެކްޓަރު އަޖޭ ދެކެ ރުޅި އަންނަނީ ކާޖޮލްއާ ހެދި
އަޖޭގެ ފުރަތަމަ ފިލްމު ކުރިން ލިބުނީ އަކްޝޭ އަށް
ކައިވެނިކުރީ ބައްޕަގެ ނުރުހުމުގައި: ކާޖޮލް