Roadha Mihaaru
ޖަމީލުގެ އަމަލުތައް ޕާޓީގެ ސުލޫކާ ހިލާފު: ޖޭޕީ

ޖަމީލުގެ އަމަލުތައް ޕާޓީގެ ސުލޫކާ ހިލާފު: ޖޭޕީ

05 ސެޕްޓެމްބަރ 2019

ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކެމްޕެއިން ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މިއަދު ފުރާވަޑައިގަތުމަކީ ޖޭޕީގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކެމްޕެއިން ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މިއަދު ފުރާވަޑައިގަތުމަކީ ޖޭޕީގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް މިއަދު ޔާމީނާއެކު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތް ހުސްވެއްޖެ ކަމަށެވެ. އެހެންވެ، ގައުމާ ދޭތެރޭ ވިސްނާ ކޮންމެ މީހަކު ވެސް ރައްޔިތުންނަށް ކަމެއް ކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް މިއަދު ވިދާޅުވީ އެ ދަތުރުގައި ޖަމީލް ފުރާވަޑައިގަތީ އެ ޕާޓީއަށް އެނގިގެން ނޫން ކަމަށެވެ. އަދި އެ ޕާޓީ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް އެކަމާ ދެކޮޅު ހަދައި ޖަމީލާ މެދު ފިޔަވަޅު އަޅައި ދިިނުމަށްވެސް އެދެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި ފިޔަވަޅެއް ނާޅަ އެވެ.

"އެކަމާ މެދު ވަކި ގޮތެއް އަދި ނިންމާފައެއް ނުވޭ،" އަލީ ސޯލިހް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީ، މަޖިލީހުގައި ނެގި ވޯޓުގައި ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވި ޖަމީލަކީ ޔާމީނަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޖަމީލް ޖޭޕީއާ ގުޅިވަޑައިގަތީ ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވުމުން އިނގިރޭސި ވިލާތުގައި އުޅުއްވި ދުަސްވަރުގަ އެވެ. އޭރު އޭނާ ގެންދެވީ ޔާމީނަށާއި އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.