Roadha Mihaaru
ޓޭންކަރުގެ ކެޕްޓަނަށް ހުށަހެޅީ 15 މިލިއަން ޑޮލަރު

ޓޭންކަރުގެ ކެޕްޓަނަށް އެމެރިކާ އިން ހުށަހެޅީ 15 މިލިއަން ޑޮލަރު

07 ސެޕްޓެމްބަރ 2019

ވޮޝިންޓަން (ސެޕްޓެމްބަރު 7) - އީރާނުގެ ތެޔޮ ހުރި ޓޭންކަރަށް އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް ހުށަހަޅާފައި ވަނީ 15 މިލިއަން ޑޮލަރު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ޔަގީންކޮށްދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 7) - އީރާނުގެ ތެޔޮ ހުރި ޓޭންކަރަށް އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް ހުށަހަޅާފައި ވަނީ 15 މިލިއަން ޑޮލަރު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ޔަގީންކޮށްދީފި އެވެ.

އެމެރިކާ އިން ބޭނުންވާ ތަނަކަށް ތެޔޮ ޓޭންކަރު ގެންގޮސްދީފި ނަމަ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ފައިސާ އިން ބޭނުން ކޮންމެ ދިރިއުޅުމެއް އުޅެލެވޭނެ،" ތެޔޮ ޓޭންކަރުގެ އިންޑިއާ ކެޕްޓަން އަކިލޭޝް ކުމާރަށް ސްޓޭޓް ޑިޕާޓްމަންޓުގެ އީރާން އެކްޝަން ގްރޫޕުގެ ވެރިޔާ ބްރިއަން ހޫކް ފޮނުއްވި އީމެއިލްގައިވެ އެވެ. "މި ފަސޭހަ ގޮތް އިޚްތިޔާރު ނުކޮށްފި ނަމަ ކަލޭމެންނަށް ދެން މާ އުނދަގޫވާނެ."

ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އީރާނުގެ އެހެން ތެޔޮ ޓޭންކަރުތަކުގެ ކެޕްޓަނުންނަށް ވެސް އެފަދަ ހުށަހެޅުންތައް ހުށަހަޅާފައިވާނެ ކަމަށެވެ.

ގްރޭސް 1 ގެ ނަމުގައި ދަތުރުކުރި ޓޭންކަރު ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމުގެ ގެރެންޓީ އީރާނުން ދިނުމުން ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ނިންމުމުން ވެސް އެމެރިކާ އިން ވަނީ އެ ޓޭންކަރު ހިފެހެއްޓޭތޯ މަސައްކަތްކޮށްފަ އެވެ. ޓޭންކަރު އޮގަސްޓް 15 ވަނަ ދުވަހު ޖިބްރޯލްޓާ އިން ފުރީ ނަން ބަދަލުކޮށް އެޑްރިއަން ޑަރިއާ 1 ގެ ނަމުގަ އެވެ. އެމެރިކާ އިން ފަހުން ވަނީ އެ ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އީމެއިލް އަށް ޓޭންކަރުގެ ކެޕްޓަން އިޖާބަ ނުދިނުމުން އެމެރިކާ އިން ދެން ވަނީ ކެޕްޓަނާ ދެކޮޅަށް ފިޔަވަޅު އަޅައި ޓޭންކަރު ބްލެކްލިސްޓް ކޮށްފަ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ ކަނޑުފޭރުން ނާކާމިޔާބުވުމުން އެމެރިކާ އިން މަސައްކަތްކޮށްފައި ވަނީ ރިޝްވަތު ދޭން ކަމަށެވެ.

އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ ޓޭންކަރުގެ މިސްރާބު ހުރި ދިމާލެއް ޔަގީނެއް ނޫނެވެ. ކަނޑުގެ އުޅަނދުތައް މޮނިޓާ ކުރާ ޓޭންކާޓްރެކާސް އިން ލަފާކުރާ ގޮތުގައި ޓޭންކަރު ވަނީ ސީރިއާއާ މާދުރު ނޫން ހިސާބެއްގަ އެވެ. ޓޭންކަރުގެ ޓްރާންސްޕޮންޑާ ނިއްވާލާފައިވާތީ އޭގެ މިސްރާބު މޮނިޓާއެއް ނުކުރެވެ އެވެ.