11 ސެޕްޓެމްބަރ 2019
ސައުތެމްޓަން (ސެޕްޓެމްބަރު 11) - ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސާއި އިންގްލެންޑް މޮޅުވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު ލިތުއޭނިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މޮޅުވެއްޖެ އެވެ.
ސައުތެމްޓަން (ސެޕްޓެމްބަރު 11) - ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސާއި އިންގްލެންޑް މޮޅުވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު ލިތުއޭނިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މޮޅުވެއްޖެ އެވެ.
ފަނަރަ މެޗުގައި ބަލިނުވެ ރެކޯޑެއް ދަމަހައްޓަމުން އައި ކޮސޯވޯގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ ފޯރިގަދަ މެޗަކަށް ފަހު 5-3 އިންނެވެ. އެންޑޯރާ އަތުން އަމިއްލަ ދަނޑުގައި ކުޅުނު ފްރާންސަށް މޮޅުވެވުނީ 3-0 އިންނެވެ. އަދި ރޮނާލްޑޯގެ މޮޅު ކުޅުމާ އެކު ޕޯޗުގަލް އިން ލިތުއޭނިއާ ބަލިކުރީ 5-1 އިންނެވެ.
ލިތުއޭނިއާ ކޮޅަށް ރޭގެ މެޗުގައި އުމުރުން 34 އަހަރުގެ ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު ރޮނާލްޑޯ ވަނީ ޖުމްލަ ގައުމީ ޓީމަށް 93 ގޯލު ޖަހައިފަ އެވެ. މިއާ އެކު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ އަށް ބޭނުންވަނީ 16 ގޯލެވެ.
"އަދިވެސް ރޮނާލްޑޯ އަކީ މެޗެއްގައި ތަފާތު ދެއްކޭނެ ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދީފި. އެ އުމުރުގައި ވެސް ގައުމީ ޓީމުގެ މެޗުތަކުގައި ތަފާތު ދެއްކޭނީ ވަރަށް ޕްރޮފެޝަނަލްވެ ހުރެގެން،" ރޮނާލްޑޯއާ ބެހޭގޮތުން ރޭގެ މެޗަށް ފަހު ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުންޏެވެ.
ރޭގެ މެޗުގައި ޕޯޗުގަލްގެ އަނެއް ލަނޑު ޖެހީ ވިލިއަމް ކަވާލިއޯ އެވެ. އަދި ލިތުއޭނިއާގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ވީޓޯޓަސް އެންޑްރިއުސްކެވީސިއުސް އެވެ. މި މޮޅާ އެކު ކޮލިފައިން ގްރޫޕް ބީގެ ދެ ވަނައިގައި ޕޯޗުގަލް އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
ކޮސޯވޯ ކުޅުންތެރިއަކު ކައިރިން އިންގްލެންޑްގެ ސަންޗޯ (ވ) ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ
ރޭ އިންގްލެންޑް ކުޅުނު މެޗު ފަށައިގެން 34 ސިކުންތުގެ ތެރޭގައި ކޮސޯވޯ އަށް ލީޑުނަގައިދިނީ ވަލޮން ބެރީޝިއާ އެވެ. އެކަަމަކު އިންގްލެންޑް އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފަސް ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯ އެވެ. އަނެއް ގޯލުތައް ޖެހީ ރަހީމް ސްޓާލިން އާއި ހެރީ ކޭން އަދި ކޮސޯވޯގެ މާގިމް ވޮއިވޮއީޑާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދެ ވަނަ ހާފްގައި ކޮސޯވޯ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ބެރީޝިއާގެ އިތުރުން ވެޑާޓް މުރީގީ އެވެ.
މި މޮޅާ އެކު އިންގްލެންޑުން ވަނީ އެ ޓީމުން މި ފަހަރުގެ ކޮލިފައިންގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. އިންގްލެންޑް އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއް ވަނައިގަ އެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސް ރޭ ކުޅުނު މެޗުގައި އެންޑޯރާއާ ދެކޮޅަށް މެޗުގެ 18 ވަނަ މިނިޓްގައި ފްރާންސަށް ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ބަޔާން މިއުނިކްގެ ވިންގް ކިންގްސްލީ ކޯމަން އެވެ. ފްރާންސް އިން އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފްގަ އެވެ. އެ ލަނޑުތައް ކާމިޔާބުކުރީ ފަހަތަށް ކުޅޭ ކްލެމެންޓް ލޯންގްލޭ އާއި ވިސާމް ބެން ޔެޑާ އެވެ.
މި މެޗުގައި ވެސް ފްރާންސަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަތުން ވަނީ ބޭކާރުވެފަ އެވެ. ފްރާންސް ޖޯޒީގައި ކުޅުނު މެޗުތަކުގައި ގްރީޒްމަން އެންމެ ފުރަތަމަ ފޮނުވާލި ހަތް ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް އެންމެ ފަހުން ލިބުނު ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ.
ފްރާންސަށް މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމު އޮތީ ކޮލިފައިން ގްރޫޕް އެޗްގެ ދެ ވަނައިގަ އެވެ. އެއް ވަަނައިގައި އޮތް ތުރުކީ އާއި ދެ ވަނައިގައި އޮތް ފްރާންސަށް ހަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ރޭ ތުރުކީ ކުޅުނު މެޗުން ވަނީ 4-0 އިން މޮލްޑޯވާ ބަލިކޮށްފަ އެވެ.
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ރޮނާލްޑޯ ނެތިވެސް ޕޯޗުގަލުން ނުވަ ގޯލް ޖަހައި ރެކޯޑެއް
200 މެޗު ހަމަކޮށްގެން ރޮނާލްޑޯ އަށް ދުނިޔޭގެ ރެކޯޑް
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު
ޕޯޗުގަލް ޖާޒީގައި ރޮނާލްޑޯ އަށް ހާއްސަ ރެކޯޑެއް
ރޮނާލްޑޯ ހެޓްރިކް ހެދިއިރު އިންގްލެންޑް މެޗު އެއްވަރު
ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއް ވަނަ އަށް
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
އިންގްލެންޑާއި ފްރާންސް އަދި ޕޯޗުގަލަށް މޮޅެއް