06 ސެޕްޓެމްބަރ 2020
ލަންޑަން (ސެޕްޓެމްބަރު 6) - ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ޗެމްޕިއަން ޕޯޗުގަލް އަދި އިންގްލެންޑާއި ފްރާންސްގެ މޮޅުވެއްޖެ އެވެ.
ލަންޑަން (ސެޕްޓެމްބަރު 6) - ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ޗެމްޕިއަން ޕޯޗުގަލް އަދި އިންގްލެންޑާއި ފްރާންސްގެ މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި އިންގްލެންޑުން އައިސްލެންޑްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. ސްވިޑަން ދަނޑުގައި ފްރާންސް މޮޅުވީ 1-0 އިންނެވެ. އަދި އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުން ޕޯޗުގަލް މޮޅުވީ 4-1 އިންނެވެ.
އަައިސްލެންޑް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި އިންގްލެންޑްގެ ކަނާތު ބެކް ކައިލް ވޯކާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އިންގްލެންޑުން އެޓޭކްކޮށްގެން ލަނޑު ޖެހި އެވެ. މި ގޯލަކީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ރަހީމް ސްޓާލިން ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ ސްޓާލިން ޖެހި ބޯޅައެއް ދިފާއުކުރަން އައިސްލެންޑްގެ ޑިފެންޑަރު ސްވެރީ އިންގަސަން އަތްލުމުންނެވެ. އިންގްލެންޑަށް ޕެނަލްޓީ ދިނުމުގެ އިތުރުން ރެފްރީ ވަނީ އިންގަސަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ރޭ ފްރާންސް ކުޅުނު މެޗުގެ ތެރެއިން ގްރީޒްމަން ޕެނަލްޓީ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ނަތީޖާ ހަމަހަމަ ކުރަން އައިސްލެންޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިންގްލެންޑްގެ ޖޯ ގޯމޭޒް އައިސްލެންޑްގެ ކުޅުންތެރިއަކަށް އޭރިއާ ތެރެއިން ފައުލުކުރުމުން ލިބުނު ޕެނަލްޓީ އަކުން ބާހީރް ބިޔާންސަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރޭގެ މެޗުގައި ކުޅުނު ޕޯޗުގަލްގެ ލަނޑުތައް ޖަހައިދިނީ ޔާއޯ ކަންސެލޯ، ޑިއޯގޯ ޔޮޓާ، ޔާއޯ ފެލިކްސް އަދި އަންޑްރޭ ސިލްވާ އެވެ. ކްރޮއޭޝިއާގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބްރޫނޯ ޕެޓްކޮވިޗް އެވެ. ޕެޓްކޮވިޗަކީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ކުޅުންތެރިއެކެވެ.
ސްވިޑަން ދަނޑުގައި ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހީ ކީލިއަން އެމްބާޕޭ އެވެ. ފްރާންސަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފްގައި އޮންޓޮއިން ގްރީޒްމަން އަތުން ވަނީ ޕެނަލްޓީ އެއް ބޭކާރުވެފަަ އެވެ. މިއީ ފްރާންސްގެ އެންތަނީ މާޝިއަލް އަށް ސްވިޑަންގެ ވިކްޓަ ލިންޑެލޮފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޖަރުމަން ކޮޅަށް ހަ ގޯލު ޖަހައި ސްޕެއިން ސެމީ އަށް
ސްޕެއިން އެއްވަރުވިއިރު، ފްރާންސް ފައިނަލް ބުރަށް
ފްރާންސުން ޕޯޗުގަލްގެ ފަހަތުގައި ވިއްދާފައި
ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއް ވަނަ އަށް
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި
ޔޫރޯ ކޮލިފައިންގައި ގަދަ ބާރުތަކަށް މުހިއްމު މޮޅުތަކެއް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ