ޕެރިސް (ސެޕްޓެމްބަރު 11) - ޔޫރޯ ކޮލިފައިންގައި މިދިޔަ ހޮނިހިރު ދުވަހު ފްރާންސާ އާއި އަލްބޭނިއާ ޕެރިހުގައި ބައްދަލުކުރި މެޗުގައި އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އެހެން ގައުމީ ސަލާމެއް ޖެހުމާ ގުޅިގެން މެޗު ލަސްވުމުން އެ މައްސަލަ ޔުއެފާ އިން ތަހުގީގުކުރަން ފަށައިފި އެވެ.
11 ސެޕްޓެމްބަރ 2019
ޕެރިސް (ސެޕްޓެމްބަރު 11) - ޔޫރޯ ކޮލިފައިންގައި މިދިޔަ ހޮނިހިރު ދުވަހު ފްރާންސާ އާއި އަލްބޭނިއާ ޕެރިހުގައި ބައްދަލުކުރި މެޗުގައި އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އެހެން ގައުމީ ސަލާމެއް ޖެހުމާ ގުޅިގެން މެޗު ލަސްވުމުން އެ މައްސަލަ ޔުއެފާ އިން ތަހުގީގުކުރަން ފަށައިފި އެވެ.
ފްރާންސްގެ ޕެރިހުގައި އަލްބޭނިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފެށީ ކަނޑައެޅިފައި އޮތް ވަގުތަށް ވުރެން 10 މިނިޓް ލަހުންނެވެ. އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އޮޅުމަކުން ޖެހުނީ އެންޑޯރާގެ ގައުމީ ސަލާމެވެ. އަލްބޭނިއާ ކުޅުންތެރިންނާއި އޮފިޝަލުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ރަނގަޅު ގައުމީ ސަލާމް ނުޖަހަނީސް މެޗު ކުޅެން ދެކޮޅު ހެދުމުން އަލުން ވަނީ އަލްބޭނިއާގެ ގައުމީ ސަލާމް ޖަހައިފަ އެވެ.
މި މައްސަލައިގައި އަލްބޭނިއާގެ ބައެއް އޮފިޝަލުން ވަނީ އެ ޝަކުވާ މެޗު ކޮމިޝަނަރަށް ހުށަހަޅައިފަ އެވެ. މެޗު ކޮމިޝަނަރާއި ރެފްރީގެ ރިޕޯޓަށް ބެލުމަށް ފަހު ޔުއެފާ އިން މިހާރު ވަނީ އެ މައްސަލަ ރަސްމީކޮށް ބަލަން ނިންމައިފަ އެވެ.
ޔުއެފާ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ނިންމާފައިވަނީ މެޗު ލަސްވި މައްސަލަ އާއި ފްރާންސުން މެޗަށް ތައްޔާރުވުމުގައި އެންމެ ރަނގަޅަށް އަމަލުކޮށްފައިނުވާތީ އެ މައްސަލަ އެވެ. އޭގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހު 17 ވަނަ ދުވަހަށެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ ގަވާއިދުތައް މި ވަގުތު އޮތްގޮތުން މެޗު ފަށަން އޮތް ގަޑިއަށް ނުފެށުމުން މި މައްސަލައިގައި ފްރާންސަށް ފުރަތަމަ ކަމަކަށް އަންނާނީ އިންޒާރެކެވެ. އެކަމަކު މި ކަމުގައި އިހުމާލުވެފައި އޮތް މިންވަރު ބެލުމަށް ފަހު ޖޫރިމަނާއެއް އައުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އަލްބޭނިއާ މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ވަނީ ވަގުތަށް މެޗު ނުފެށުމަކީ ދެ ޓީމަށް ވެސް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ބުނެފަ އެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިން ވަގުތާއި އެހެނިހެން ކަންތައްތަކަށް ސަމާލުކަން ދޭ ވަރަށް އެހެން އިންތިޒާމުތައް ހަމަޖައްސަން ތިބޭ މީހުން ވެސް އެކަން ކުރަން ޖެހޭނެ ކަމަށް ޑިޝޯމްޕްސް ވަނީ ބުނެފަ އެވެ.
ރެފްރީއާ ދިމާކުރި ފޮންސެކާ ނުވަ މަހަށް ސަސްޕެންޑްކޮށްފި
ފްރާންސް އެފްއޭގެރައީސް ހޮވީ އެމެޗާ ކްލަބްތަކުގެ ވޯޓުން
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
އަލްބޭނިއާގައި ދީނީ ފިރުގާއަކަށް ދައުލަތެއް ހަދަނީ
ބޯޑޯގެ އާ ފެށުން؛ ސަލާމަތްވީ ކީޕަރު ޖެހި ގޯލުން
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު ޖިރޫ ގައުމީ ޓީމާ ދުރަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި