13 ސެޕްޓެމްބަރ 2019
ސައުދީ އަރަބިއްޔާގައި 1978 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބައިނަލް އަގުވާމީ ބޮޑު ގުރުއާން މުބާރާތެއްގެ ފަނޑިޔާރުކަން މިފަހަރު ޝައިޚް އިލްޔާސް ހުސައިން ކުރައްވައިފި އެވެ.
ސައުދީ އަރަބިއްޔާގައި 1978 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބައިނަލް އަގުވާމީ ބޮޑު ގުރުއާން މުބާރާތެއްގެ ފަނޑިޔާރުކަން މިފަހަރު ޝައިޚް އިލްޔާސް ހުސައިން ކުރައްވައިފި އެވެ.
"ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ގުރުއާން މުބާރާތް" ބޭއްވީ ސެޕްޓެމްބަރު 7- 11 އަށް މައްކާގަ އެވެ. ޝައިޚް އިލްޔާސް އެ މުބާރާތުގައި ފަނޑިޔާރުކަން ކުރެއްވިކަން ހާމަ ކުރައްވަމުން، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "މި މުބާރާތުގެ ފަނޑިޔާރުކަންކުރެއްވުމުގެ ފުރުސަތު ރާއްޖޭގެ ބޭފުޅަކަށް ލިބިވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.
ޝަހީމްގެ ޕޯސްޓް
އެކަމާ އުފާ ފާޅުކުރައްވައި ސޯޝަލް މީޑިއާ ފޭސްބުކްގައި އިލްޔާސްގެ ފޮޓޯއަކާ އެކު ޝަހީމް ލިއުއްވި ލިއުއްވުމުގައި ވިދާޅުވީ ގާތް ބޭފުޅަކަށް އެ ފުރުސަތު ލިބިވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށެވެ. ޝަހީމް ވަނީ 1998 ވަނަ އަހަރު އެ މުބާރާތުގައި ރާއްްޖެ ތަމްސީލު ކުރައްވާފަ އެވެ.
ކިންގް އަބްދުލް އަޒީޒް ގުރުއާން މުބާރާތަކީ 1978 ވަނަ އަހަރުން ފެށިގެން މައްކާގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެ އަހަރުގެ މުބާރާތުގައި 6000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއަހަރު ބޭއްވި އެ މުބާރާތުގެ 41 ވަނަ އެޑިޝަންގައި 103 ގައުމަކުން 146 ބައިވެރިން ވާދަކުރި އެވެ.
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން
ބާތިލު ވިސްނުމުގައި ޖަހާ ޕެނަލްޓީ ގޯލަކަށް ނުވަންނާނެ
"ހައްގު ބަސް ބުނުމުގެ ނަމުގައި ބަޣާވާތެއް ނުކުރެވޭނެ"
އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ:ނިހާން
ޝަހީމް އިލްޔާސަށް: ފަތުވާއަކުން މިވެރިކަމެއް ނުވެއްޓޭނެ
ޝަހީމްގެ ވާހަކަ އަށް ޝައިޚް އިލްޔާސްގެ ރައްދު
ކަށުކަމާކެމީގެ ސަނަދު ލިބޭ ގޮތް ފަސޭހަކޮށްދީފި
އުމްރާގެ ހުއްދައަށް ޕްރޮޕޯޒަލް ހުށަހެޅުން ފަސޭހަކޮށްފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ