Roadha Mihaaru
ކިޔެވުމާއި ކުޅިވަރުގެ ޗެމްޕިއަން: ހަމަ ނަމޫނާއެއް

ކިޔެވުމާއި ކުޅިވަރުގެ ޗެމްޕިއަން: ހަމަ ނަމޫނާއެއް

16 ސެޕްޓެމްބަރ 2019

ގައުމު ފަހުރުވެރިކޮށް އެނބުރި ރާއްޖެ އައިސް ޖެހިގެން އައި ދުވަހު އޭނާ ދިޔައީ މަތީ ސާނަވީއަށް ކިޔަވަމުން އަންނަ ސީއެޗްއެސްއީއަށެވެ. ކުރިމަތީގައި އޮތީ ސްކޫލް އިމްތިހާނެވެ. އެއަށް ފަރިތަކޮށް، ދެން ތައްޔާރުވަމުން ދިޔައީ އިންޑަނޭޝިއާގައި އިއްޔެ ފެށި އޭޝިއަން ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތަށެވެ. ތައުލީމީ ކުޅިވަރުގައި ޗެމްޕިއަނަކަށް ވި ކަމުގައި ވިއަސް އައިޝަތު ރަފާ ނާޒިމް ބުނާ ގޮތުން މި ދަތުރު ފަސޭހައެއް ނޫނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްކަންދަރު ސްކޫލުގައި ހަތް އަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރު އޯ ލެވެލް ނިންމާލީ، ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފާ އެކުގަ އެވެ. ރާއްޖޭގެ ގަދަ ފަސް ވަނައިން ޖާގަ ހޯދައި އިނގިިރޭސި މާއްދާއިން ދުނިޔެއިން ނުވަ ވަނަ އެވެ.

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ރަފާއަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަށި ހަވާލުކޮށްދެއްވަނީ

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ރަފާއަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަށި ހަވާލުކޮށްދެއްވަނީ

ކޮންމެ ދުވަހަކު ޓީޓީއަށް ފަރިތަކުރަމުން، ކިޔެވުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ރަފާ އެ ދައްކައިދިނީ ކުޅިވަރަކީ އޭނާގެ ކިޔެވުމަށް އޮތް ހުރަހެއް ނޫން ކަމެވެ. ކުރާ ކޮންމެ ކަމަކަށް ވެސް 100 ޕަސެންޓް ސަމާލުކަންދީފި ނަމަ ކާމިޔާބާ ހަމައަށް ވާސިލްވެވޭނެކަން ރަފާ އެ އަންނަނީ ދައްކައިދެމުންނެވެ. މިފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ((އައިއޯއައިޖީ) އަކީ އޭގެ އެއް ހެއްކެވެ.

އުމުރުން 16 އަހަރުގައި، ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް ދެ ރަން މެޑަލާއި ރިހި މެޑަލް ހޯދައި މުޅި ގައުމު ފަހުރުވެރިކޮށްދީފަ އެވެ.

"ފަސޭހަ ކަމެއް ނޫން މިއީ. ވަރަށް އުނދަގޫ ކަމެއް. ވަރަށް ބިޒީކޮށް އުޅެނީ ވެސް ރަފާ އާއްމުކޮށް. އެކަމަކު އެ ކުރާ ކަމަކަށް 100 ޕަސެންޓް ދީގެން އުޅެނީ،" ޓީޓީ އޭޝިއަން ކަޕަށް ރޭ ފުރުމުގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމަށް ފަހު ރަފާ، އޭނާގެ މަންމަ ގައިގައި ބައްދާލާއިރު ކައިރީގައި ބައްޕަ، ނާޒިމް މަޑުކޮށްލައިގެން: އެންމެ ބޮޑު ހިތްވަރަކީ މައިންބަފައިން ކަމަށް ބުނި--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓެސްޓެއް އޮންނަ ނަމަ އޭނާގެ ހުރިހާ ވަގުތެއް ހުސްކުރާނީ އެ ޓެސްޓަކަށެވެ. މެޗެއް އޮންނަ ނަމަ އެ މެޗު ނިމެންދެން ހުރިހާ ސަމާލުކަމެއް އޮންނާނީ އެ މެޗަކަށެވެ. ފޭބުމަށް ފަހު އެ މެޗަކާ ދޭތެރޭ ނުވިސްނަ އެވެ. އެހެންނޫނީ ކިޔެވުމާއި ކުޅިވަރަށް އެ ދޭން ޖެހޭ ސަމާލުކަން ނުދެވޭނެ އެވެ.

"މިކްސްއެއް ނުކުރަން ދޭއްޗެއް އެއް ފަހަރަކާ. އޭރުން އެއްވެސް އެއްޗަކަށް 100 ޕަސެންޓެއް ނުދެވޭނެ. އެ ގަޑީގައި އިސްކަންދޭން ޖެހޭ އެއްޗަކަށް، މިސާލަކަށް ޓެސްޓެއް އޮތިއްޔާ ހަމަ ޓެސްޓަށް ކިޔަވާނީ. އެކަމަކު މެޗެއް އޮތިއްޔާ ފުރަތަމަ މެޗަށް. އެގޮތަށް ވަގުތު ބަހާލައިގެން،" ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޮ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާގެ ދޮށީ ދަރިފުޅު ބުންޏެވެ.

މީގެ ތިން އަހަރު ކުރިން، 2016 ގައި ބޭއްވި ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި--. ފޮޓޯ: ނިޝާން އަލީ

މީގެ ތިން އަހަރު ކުރިން، 2016 ގައި ބޭއްވި ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި--. ފޮޓޯ: ނިޝާން އަލީ

ރާއްޖޭގެ އެންމެ ޒަމާންވީ އެއް ސްކޫލުގެ ޑެޕިއުޓީ ބޭންޑް ލީޑަރުކަން އަދި މިދިޔަ އަހަރު އެކްޓިވިޓީސް ކެޕްޓަންކަން ކުރި ރަފާ ބުނީ ކުޅިވަރުގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ކިޔެވުމުގައި ގިނަ ކަންތައްތަކެއް ދަސްވި ކަމެއް ކަމަށެވެ. އެގޮތުން ވަގުތު ބަހާލައިގެން އުޅުން ފަދަ މުހިއްމު ކަންތައް ދަސްވި ކަމަށް ބުންޏެވެ.

އެހެންވެ ރަނގަޅު ނަތީޖާއެއް ހޯދުމަށް، ހަމައެކަނި ކިޔެވުމުގެ ބަދަލުގައި އިތުރު ހަރަކާތެއްގައި ބައިވެރިވުމަށް ރަފާ ނަސޭހަތްތެރިވެ އެވެ.

ކުޑައިރު އާއިލާއާ އެކު އިނގިރޭސި ވިލާތުގައި ދިރިއުޅުނުއިރު އެތަނުގައި ޓީޓީ ކުޅެން ފެށި ދަރިވަރު ވަނީ ސްކޫލުގައި ބާއްވާ ކުއިޒާއި ތަފާތު މައުލޫތަކަށް ވާހަކަދައްކައިފަ އެވެ. އެކަންކަމަށް ތައްޔާރުވާއިރު ތަފާތު އެކި ކަންކަން ދަސްވެ މައުލޫމާތު މުއްސަނދި ވާކަމަށް އޭނާ ބުނެ އެވެ.

ރަފާ: ކުރާ ހުރިހާ ކަމަކަށް 100 ޕަސެންޓް ސަމާލުކަންދޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަފާ: ކުރާ ހުރިހާ ކަމަކަށް 100 ޕަސެންޓް ސަމާލުކަންދޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ނުވާނެ ކަމެއް ނޫން. ވާނެ. އެކަމަކު ވަރަށް ބިޒީކޮށް އުޅެން ޖެހޭނީ. ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނީ. ނަމަވެސް އެންމެ ފަހުން ގޯލްއާ ހަމައަށް ހާސިލްވީމަ އެކަމުން ލިބޭ ހިތްހަމަޖެހުން އޮންނާނެ. އެއީ މާ ބޮޑު އުފަލެއް ހަގީގަތުގައި،" ރަފާ ބުންޏެވެ.

މަތީ ތައުލީމުގައި އޭނާގެ ވިސްނުން ހުރީ ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ކުރިއަށްދިއުމަށެވެ.

ރަފާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މަންމަ އާއި ބައްޕަ އެވެ. އެ ނަސޭހަތާއި ފިލާވަޅުތަކުން އިބްރަތް ހާސިލްކޮށް އޭލެވެލްގައި ވަރަށް ރަނގަޅު ކާމިޔާބީއެއް ހޯދުމަކީ އެއް އަމާޒެވެ.

ދަރިވަރުންނަށް ރަފާއަކީ ހަމަ ހަގީގަތުގައި ވެސް ނަމޫނާއެކެވެ.