މަހަށް ނުކުމެ އުޅެނިކޮށް ހާލު ސީރިއަސްވެގެން އިއްޔެ ސިފައިންގެ އެހީތެރިކަމާއެކު ހއ. އިހަވަންދޫ އަށް ގެންދިޔަ މަސްވެރިޔާގެ ހާލު ރަނގަޅު ކަމަށް އެރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފި އެވެ.
17 ސެޕްޓެމްބަރ 2019
މަހަށް ނުކުމެ އުޅެނިކޮށް ހާލު ސީރިއަސްވެގެން އިއްޔެ ސިފައިންގެ އެހީތެރިކަމާއެކު ހއ. އިހަވަންދޫ އަށް ގެންދިޔަ މަސްވެރިޔާގެ ހާލު ރަނގަޅު ކަމަށް އެރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފި އެވެ.
ހއ.ތުރާކުނުގެ ހުޅަނގުން 63 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާތަރި" ދޯނީގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެގެން އިއްޔެ އިހަވަންދޫއަށް ގެންދިޔައީ ޑޮކްޓަރަކާއި ނަރުހެއް ވެސް ގޮވައިގެން ސިފައިން ކުރި ދިގު ދަތުރެއް ކޮށްފަ އެވެ.
އިއްޔެ މެންދުރު 2:45 ހާއިރު ސިފައިން ފެށި ދަތުރަށް ފަހު، ބަލި މީހާ އިހަވަންދޫއަށް ގެންދެވުނީ ރޭ 8:00 ހާއިރު އެވެ.
އިހަވަންދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު ހުސައިން ފަޔާޒް ވިދާޅުވިގޮތުގައި އެ މަރުކަޒުގެ ޑޮކްޓަރުން އިއްޔެ ދޯނި ކައިރިއަށް ގޮސް، ބަލިމީހާ ބަލަން ފެށިއިރު ވެސް ހާލު ސީރިއަސްއެއް ނޫނެވެ. އޭނާ އަށް ދިމާވި މައްސަލަ އަކީ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން ކަމަށާއި ލަފާ ކުރެވޭގޮތުގައި އެއީ "ރީނަލް ކޮލިކް" ގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޑްމިޓްކޮށްގެން އެންޓިބަޔޮޓިކް ދެމުން މި އަންނަނީ. އެހެން ޓެސްޓްތަކުން ވެސް ބަލި މީހާ ނޯމަލްކަމަށް ދައްކަނީ،" ފަޔާޒް ވިދާޅުވި އެވެ.
ރީނަލް ކޮލިކަކީ ކުޑަކަމުދާ ނިޒާމުގައި އުފެދޭ ހިލަތަކުގެ ސަބަބުން ވާ ތަދެކެވެ. މި ތަދު ވާނީ، ކުޑަކަމުދާ ނިޒާމު އެ ހިލަތަކުގެ ސަބަބުން ބްލޮކް ވުމުންނެވެ.
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި
ސިފައިން އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން
އިހަވަންދޫ މަސްވެރިކަމަށް މަލިކު މީހުން ގެންނަނީ
މަސްވެރިކަމަށް ހާއްސަ ކްލަބެއް އިހަވަންދޫ ސްކޫލުގައި އުފައްދައިފި
އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް
ކަނޑުމަތީ ހާލުދެރަވި މަސްވެރިއަކަށް ސިފައިން އެހީވެއްޖެ
އިންޑިއާގެ ސަރަހައްދުން ދިވެހި މަސް ދޯންޏެއް އަތުލައިފި
ދެ ބޯޓާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް