Roadha Mihaaru
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި

ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާގެ ސިފައިން އެރި ވީޑިއޯ އާންމުކޮށްފި

02 ފެބުރުއަރީ 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އަރައި އެ ދޯނީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އަރައި އެ ދޯނީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާގެ ސިފައިން އެރީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ކޯސްޓްގާޑުން ވަދެ، ދޯނިތަކަށް އެރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ މީހުންގެ ހަރަކާތްތައް ފެންނަ ވީޑިއޯ އާންމުކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިންނެނެވެ. އިންޑިއާގެ ސިފައިން އެ ދޯނިތަކަށް އެރި މައްސަލަ އެންމެ ފުރަތަމަ ދިވެހި ސަރުކާރާއި އާންމުންގެ ސަމާލުކަމަށް ގެނައީ ވެސް އެ ޔޫނިއަނުންނެވެ.

އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި އިންޑިއާ ސިފައިން ހަތިޔާރާ އެކު ދޯނީގައި ތިބި އިރު ހުރިހާ ފަޅުވެރިން ތިބީ ދޯނީގެ ކޮޅަށް ނެރެ ބައިތިއްބައިފަ އެވެ. އަދި ތިން ދޯނީގެ ފަޅުވެރިން ވެސް ތިބީ އެގޮތަށް ބޭރަށް ނެރެފަ އެވެ.

އެ ވަގުތު އިންޑިއަން ނޭވީގެ އުޅަނދެއް ވެސް ކައިރީގައި އޮތެވެ. އެ ވީޑިއޯ ނަގާފައި ވަނީ އެއް ދޯނީގެ ފަޅުވެރިއެކެވެ.

އިންސޯޝަލް މީޑިއާގައި އިތުރު ވީޑިއޯތައް ވެސް މިހާރު ގެންދަނީ ދައު ރުކުރަމުންނެވެ. ތިން ދޯނީގެ ތެރެއިން އެއް ދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި އެ ދޯނީގެ ފަޅުވެރިން ދޯނީގެ ތައްޓު މައްޗަށް ނެރެފައި ވަނިކޮށް، އެހެން ދޯންޏެއްގެ ފަޅުވެރިއަކު އިންޑިއާގެ ސިފައިންނާ ދެކޮޅަށް އިރުޝާދު ދޭ އަޑު ވެސް އިވެ އެވެ.

"އެ މީހުން [އިންޑިއާގެ ސިފައިން] ކައިރީގައި ބުނޭ ރާއްޖޭގެ ކޯސްޓްގާޑުން ބުންޏޭ ކަލޭމެން ތިޔަ ތިބީ ގަވާއިދާ ހިލާފަށޭ ދޯންޏަށް އަރައި. އަހަރެމެންގެ ދޯންޏަށް ނޭރޭނެއޭ އަހަރެމެންގެ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދުގައި އޮއްވައެއް. ފުރަތަމަ ބުނޭ ގަވާއިދާ ހިލާފަށޭ ދޯންޏަށް އަރައި ތިޔަ ތިބީ،" އާންމުކުރި އެއް ވީޑިއޯ އިން މަސްވެރިއަކު އެހެން ދޯންޏެއްގެ ފަޅުވެރިންނަށް ގޮވައި އިރުޝާދު ދޭ އަޑު އިވެ އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިން މަސްދޯންޏަށް އަރައި ދިވެހި މަސްވެރިންނާ ސުވާލުކުރަނިކޮށް، މަސްވެރިން ފޮޓޯތައް ނެގުމުން، އިންޑިއާ ސިފައިން ވަނީ އެ މީހުންނަށް މަޖުބޫރުކޮށް، ހުރިހާ ހެއްކެއް ފޮހެލައިފަ އެވެ.

އިންޑިއާގެ ކޯސްޓުގާޑުން އެ ދޯންޏަށް އަރައި މަސްވެރިންނާ ސުވާލުކުރީ ބުދަ ދުވަހުގެ މެންދުރު ފަހެވެ. ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރު ވަނީ ދޯނި އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން "މިހާރު" އަށް ބުނީ ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި ކަމަށާއި އެ މީހުން އުޅުނީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށެވެ. އެއީ "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގައި ހަރަކާތްތެރިވަނީ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގައި ހަރަކާތްތެރިވަނީ.

އޭނާ ކިޔައިދިން ގޮތުގައި އިންޑިއާގެ ކޯސްޓްގާޑުން ފުރަތަމަ ދޯނި ކައިރިއަށް ފޮނުވީ ޑްރޯނެކެވެ. އޭރު އިންޑިއާ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގެ ސިފައިންގެ ހަ މީހަކު ދޯންޏަށް އަރައި ބިރު ދެއްކިއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެ ހާދިސާ ހިނގުމާ އެކު އެ ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓްގާޑެއް ފުރުވައިލި އެވެ. އެކަމަކު، ރާއްޖޭގެ ކޯސްް ގާޑަށް އެ ހިސާބަށް ފޯރީ ބުދަ ދުވަހުގެ ރޭ ވަރަށް ލަސްވި ފަހުންނެވެ.