ރާއްޖޭގެ ހޮސްޕިޓަލްތަކުން ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިވެހިންނާ ހަމަޔަށް ގެނެސްދޭތީ އުފާކުރައްވާ ކަމަށާއި އެއީ ސިއްހީ ހިދުމަތަށް އިންގިލާބެއް ގެންނާނެ ކަމެއް ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު، ޕެރެޑައިސް އައިލެންޑް ރިސޯޓްގައި، ވިދާޅުވެއްޖެ އެވެ.
18 ސެޕްޓެމްބަރ 2019
ރާއްޖޭގެ ހޮސްޕިޓަލްތަކުން ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިވެހިންނާ ހަމަޔަށް ގެނެސްދޭތީ އުފާކުރައްވާ ކަމަށާއި އެއީ ސިއްހީ ހިދުމަތަށް އިންގިލާބެއް ގެންނާނެ ކަމެއް ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު، ޕެރެޑައިސް އައިލެންޑް ރިސޯޓްގައި، ވިދާޅުވެއްޖެ އެވެ.
އޭޑީކޭއިން ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފަށަން އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ އޭޑީކޭއިން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބު ސަރުކާރުން ފާހަގަކުރަން ޖެހޭ ކަމަށެެވެ. އެ ހޮސްޕިޓަލް ކުރިއަރުވަން ޗެއާމަން އަހުމަދު ނާޝިދު ކުރައްވާ މަަސައްކަތް ވެސް ސަރުކާރުން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުންފުނިތަކުން، އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކުން ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަށް ސަރުކާރުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ލިބޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން މަޝްހޫރު އެތައް މާހިރުންނެއް ބައިވެރިވަޑައިގަންނަވާތީ މިއީ ގިނަ ކަންތައްތަކެއް ދަސްވާނެ ކޮންފަރެންސެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ ސައިންސްގެ އެންމެ ބޮޑު ކޮންފަރެންސަށް "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019" ވެގެންދާނެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ދާ މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 300 ތަޖުރިބާކާރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިންޑިއާގެ މޮޅު ޑޮކްޓަރުން ވެސް ހިމެނެ އެވެ.
އޭޑީކޭ އިން 2017 ގައި މި ކޮންފަރެންސް ފެށީ 70 ވަަރަކަށް ބައިވެރިންނާ އެކު އެވެ.
ރަސްމީކޮށް މިއަދު ކޮންފަރެންސް ފެށި ނަމަވެސް އޭގެ ބައެއްގެ ގޮތުގައި އިއްޔެ ވަނީ އޭޑީކޭގައި މައިބަދައިގެ ދެ އޮޕަރޭޝަނެއް، ފޭސްބުކް މެދުވެރިކޮށް، ވަގުތުން ދައްކައިފަ އެވެ.
ސިކުނޑި އާއި މައިބަދައިގެ ބޮޑު ކޮންފަރެންސް ފަށައިފި
އޭޑީކޭ އިން ސައިންސް ޖާނަލްއަކާއި އެޕެއް ތައާރަފްކޮށްފި
ސޮނެވާއިން މާފަރުގައި ކޮވިޑް-ޓެސްޓް ސެންޓަރު ހުޅުވައިފި
ސިއްހީ ހިދުމަތް ދޭ ތަންތަން އެއްވިއުގާ އަކުން ގުޅާލަނީ
އަމީންގެ ފުރަތަމަ ޒިޔާރަތް އައިޖީއެމްއެޗާއި އޭޑީކޭއަށް
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
އޭޑީކޭގެ އާ އިމާރާތަށް ޑރ. ޕާންޑިއަންގެ ނަން
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު