Roadha Mihaaru
ސޮނެވާއިން މާފަރުގައި ކޮވިޑް-ޓެސްޓް ސެންޓަރު ހުޅުވައިފި

ސޮނެވާ އިން މާފަރުގައި ހެދި ކޮވިޑް-19 ޓެސްޓް ސެންޓަރު ހުޅުވައިފި

13 ޖުލައި 2020

ރާއްޖޭގެ ބޯޑަރު އަންނަ ބުދަ ދުވަހު އަލުން ހުޅުވައިލާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމުގެ ގޮތުން ސޮނެވާގެ ރިސޯޓުތަކުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް-19 ޓެސްޓު ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ބޯޑަރު އަންނަ ބުދަ ދުވަހު އަލުން ހުޅުވައިލާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމުގެ ގޮތުން ސޮނެވާގެ ރިސޯޓުތަކުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް-19 ޓެސްޓު ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އޭޑީކޭ ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ނާޝިދެވެ. ސޮނެވާ ރިސޯޓްސްގެ ބާނީ، ސީއީއޯ ސޯނޫ ސިވްދާސަނީ އާއި ވެލާ ޕްރައިވެޓް އައިލެންޑްގެ ޖެނެރަލް މެނޭޖަރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ސޮނެވާ ރިސޯޓްސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހެދި ކޮވިޑް-19 ޓެސްޓް ސެންޓަރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ހުޅުއްވައި ދެއްވަނީ.

ސޮނެވާ ރިސޯޓްސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހެދި ކޮވިޑް-19 ޓެސްޓް ސެންޓަރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ހުޅުއްވައި ދެއްވަނީ.

ސޮނެވާ ރިސޯޓްސް އިން ހުރިހާ ހަރަދެއް ކޮށްގެން މާފަރުގައި ގާއިމްކުރި ކޮވިޑް-19 ޓެސްޓް ސެންޓަރުގައި ބަހައްޓާފައި ވަނީ "ރޯޝް ލައިފްސައިކަލް 96" ބްރޭންޑްގެ މެޝިނެކެވެ. އެ މެޝިނުން ދުވާލަކު 700 ސާމްޕަލް ޕްރޮސެސް ކުރެވޭނެ ކަމަށާއި 24 ގަޑިއިރަށް ވުރެ އަވަހަށް ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ސޮނެވާ އިން ބުންޏެވެ.

ދިވެހިންނާއި ޓޫރިސްޓުންގެ ކޮވިޑް ޓެސްޓުތައް ވެސް ހަދައިދޭ އެ ސެންޓަރުގެ ހުރިހާ ހަރަދެއް ސޮނެވާ އިން ބަލަހަައްޓާ އިރު އެތަން ހިންގާނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

ރާއްޖޭގެ ރިސޯޓުތައް އަލުން ހުޅުވައިލާއިރު، ސޮނެވާގެ ރިސޯޓްތައް ކަމަށްވާ ސޮނެވާފުއްޓާއި ސޮނެވާ ޖާނީ އަށް ދާ ހުރިހާ ޓޫރިސްޓުން ވެސް އެއާޕޯޓަށް ފޭބުމާ އެކު، ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި ނަތީޖާ ލިބެންދެން އެ މީހުން ތިބޭނީ ޕްރައިވެޓް ވިލާތަކުގަައި އައިސޮލޭޓް ވެގެން ކަމަށް ސޮނެވާ ރިސޯޓްސް އިން ބުންޏެވެ. ޓޫރިސްޓުން ރިސޯޓްތަކުގެ އެހެން ސަރަހައްދުތަކަށް ނުކުންނާނީ ނަތީޖާ ލިބި، ކޮވިޑް-19 އަށް ނެގެޓިވް ނަމަ އެވެ.

ސޮނެވާ ރިސޯޓްސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހެދި ކޮވިޑް-19 ޓެސްޓް ސެންޓަރު

ސޮނެވާ ރިސޯޓްސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހެދި ކޮވިޑް-19 ޓެސްޓް ސެންޓަރު

"ނިއު ނޯމަލް ގައި ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާއިރު، އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓު ކުރާކަށް ސަރުކާރުން ލާޒިމެއް ނުކުރެ އެވެ. އެކަމަކު ސޮނެވާ އިން ގަބޫލުކުރާ ގޮތުގައި ހުރިހާ އެންމެން ޓެސްޓު ކުރުމަކީ ރަށްރަށުގައި ރައްކާތެރި މާހައުލެއް އުފައްދައި ދޭނެ ކަމެކެވެ. އޭރުން ކޮވިޑް-19 އާ މެދު ކަންބޮޑު ނުވެ، ޓޫރިސްޓުންނަށް އެ މީހުންގެ ޗުއްޓީ ހޭދަކޮށްލެވޭނެ އެވެ،" ޓެސްޓު ސެންޓަރު ހުޅުވުމަށް ފަހު، ސޮނެވާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، އެ ފިޔަވަޅު އެޅީ ވަރަށް މުހިއްމު ވަގުތެއްގައި ކަމަށެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާތީ ކޮވިޑް-19 އަށް މީހުން ޓެސްޓު ކުރުމުގެ މުހިއްމުކަން މިހާރު ވަނީ ވަރަށް ބޮޑުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުންނާއި [ރިސޯޓްތަކުގެ] މުވައްޒަފުން ޓެސްޓު ކުރުމުގެ އިތުރުން ސަރަހައްދުގެ އާބާދީ ޓެސްޓު ކުރަން ވެސް މި ސެންޓަރުގެ ހިދުމަތް ލިބޭނެ. ގުޅިގެން އިޖުތިމާއީ ޒިންމާ އަދާކުރާތީ ސޮނެވާ، ވެލާ އަދި އޭޑީކޭ އަށް އަޅުގަނޑު ޝުކުރު ދަންނަވަން،" އަމީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި މިނިސްޓަރު އަމީނާއި އޭޑީކޭގެ އިސްވެރިޔާ ނާޝިދަށް ސޮނެވާ ރިސޯޓުތަކުގެ ބާނީ ސޯނޫ ޝުކުރު އަދާކުރެއްވި އެވެ.

އެންމެ 30 ދުވަހުގެ ތެރޭގައި ޓެސްޓިން ސެންޓަރުގެ މަސައްކަތް ނިންމާލާފައި ވާތީ ސޮނެވާގެ މުވައްޒަފުންނަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ. ސެންޓަަރަށް ބޭނުންވާ މެޝިނަރީ ހޯދުމުގައި (ފަންނީ ގޮތުން) އެހީތެރިވެދީފައި ވާތީ ނާޝިދާއި އޭޑީކޭގެ ސީއޯއޯ ފަރުދީން މުހައްމަދަށް ސޯނޫ ޚާއްސަކޮށް ޝުކުރެއް އަދާކުރެއްވި އެވެ.

ކޮވިޑް-19 ޓެސްްޓް ސެންޓަރެއް ހެދުމުގެ އިތުރުން، ރާއްޖެ އިން ކޮވިޑާ ދެކޮޅަށް ކުރާ މަސަައްކަތަަށް އެހީވުމަށް ސޮނެވާ އާއި ވެލާއިން ވަނީ 2،500 ޓެސްޓް ކިޓް ވެސް ހަދިޔާކޮށްފަ އެވެ.