Roadha Mihaaru
ވަންޕްލަސް 7ޓީ ޕްރޮ: ނޫ ދުންފިނި ކުލާގައި

ވަންޕްލަސް 7ޓީ ޕްރޮ: ނޫ ދުންފިނި ކުލާގައި

19 ސެޕްޓެމްބަރ 2019

ވަންޕްލަސް 7ޓީ އަދި ވަންޕްލަސް 7ޓީ ޕްރޮ ރަސްމީކޮށް ދައްކާލާނެ ދުވަހެއް އަދި ނޭނގެ އެވެ. މިހެން މި ބުނީ، މިއީ ވަންޕްލަސް އިން ހަފުލާތައް ބާއްވަމުން އަންނަ އާދަކާދަ އަށް ބަދަލުތަކެއް އަންނާނެ އަހަރެއްކަން ކަށަވަރުވެފައި ވާތީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަންޕްލަސް 7ޓީ އަދި ވަންޕްލަސް 7ޓީ ޕްރޮ ރަސްމީކޮށް ދައްކާލާނެ ދުވަހެއް އަދި ނޭނގެ އެވެ. މިހެން މި ބުނީ، މިއީ ވަންޕްލަސް އިން ހަފުލާތައް ބާއްވަމުން އަންނަ އާދަކާދަ އަށް ބަދަލުތަކެއް އަންނާނެ އަހަރެއްކަން ކަށަވަރުވެފައި ވާތީ އެވެ.

ވަންޕްލަސް 7ޓީގެ މޮޑެލްތައް އާންމުކުރާނެ ކަމަށް ބެލެވޭ ތާރީޚު އަތުޖެހޭ ފަށަށް އައިއިރު، ވަންޕްލަސް 7ޓީ އަދި ވަންޕްލަސް 7ޓީ ޕޮރޮ އާ ބެހޭ ގޮތުން ތަފުސީލީ މައުލޫމާތެއް ނުލިބެ އެވެ. ނަމަވެސް، މަތީގައި އެ އޮތީ ވަންޕްލަސް 7ޓީ ޕްރޮގެ ފޮޓޯއެކެވެ. ނޫ ދުންފިނި ކުލައިގަ އެވެ. ނޫދުން ކުލަ ނުވަތަ ނޫހިރަފުސް ކުލައޭ ކިޔަސް، އެ ކިޔެނީ ހަމަ ފޯނު އޮތް ކުލަ އެވެ.

އިންޑިއާގައި ވަންޕްލަސްގެ ހަފުލާއެއް މި މަހު 26 ގައި އޮންނާނެ އެވެ. ދައްކާނީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. ވަންޕްލަސް 7ޓީ އަދި ވަންޕްލަސް 7ޓީ ޕްރޮ ވެސް އެބަ އޮތެވެ. ވަންޕްލަސް ޓީވީ ވެސް އަދި އޮތީ އެވެ.

ލަންޑަންގައި ވަންޕްލަސްގެ ހަފުލާއެއް އޮކްޓޯބަރު 10 ގައި އޮންނާނެ އެވެ. ފިސާރި ތެދަށް ބުނަމެވެ. އެއީ ކީއްކުރަން ބާއްވާ ހަފުލާއެއްކަމެއް އަދި އެއްގޮތަކަށް ވެސް ނޭނގެ އެވެ. ބުނެވެން އޮތީ ވަންޕްލަސް 7ޓީ ޕްރޮ އާންމުކޮށް ދައްކާލަން ބާއްވާ ހަފުލާއަކަށް ވެސް ވެދާނެ ކަމަށެވެ.

ވަންޕްލަސްގެ ފޯނުތަކަކީ އެންޑްރޮއިޑް މާކެޓް މަތަކޮށް، އެއް ހަމައެއްގައި ބޭއްވުމަށް ވަރަށް ބޮޑު ބާރެކެވެ. ވަންޕްލަސް ފޯނުތައް ނުނެރޭ ނަމަ، ސެމްސަންގްހާ ފޮނިވާ ބަޔަކު ނޫޅޭނެ އެވެ. ވަންޕްލަސްގެ ފޯނުތަކުގައި، ޚާއްސަކޮށް އޮކްސިޖަން އޯއެސްގައި ހުންނަ އޮމާންކަމާ ހެދި ވާދަވެރިން ލަދުގަންނަހާ ވެ އެވެ.

ވަންޕަލަސް 7ގެ ފަހަަތަށް "ޓީ" އަދި "ޕްރޮ" އިތުރުކުރުމަކުން ފޯނަށް ލިއްބައިދެނީ ކޮން ބާރުތަކެއް ހެއްޔެވެ. މެމޮރީ ކުޑަކޮށް އިތުރުކުރުން، ބެޓެރީ އަދި ކެމެރާގައި ދޯހަޅި ކަމެއް ހުރި ނަމަ ރަނގަޅުކޮށްލުން މިއީ ފޯނަކަށް "ޕްރޮ" ދަރަޖަ ދޭން ޖެހޭ ވަރު ކަމެއް ބާ އެވެ. އިންތިޒާރުގައި ތިބޭނީ ދޯ އެވެ. މިއިން ކަމެއް ދިމާނުވެއްޖެ ނަމަ، ހުރި މޮޅެއްގެ ވާހަކަ ދެން ދައްކާނީ އެވެ.