Roadha Mihaaru
ވާވޭ މޭޓް30 ޕްރޮ: ބާރުގަދަ ސްމާޓްފޯނެއް

ވާވޭ މޭޓް30 ޕްރޮ: ސްމާޓްފޯނަކަށް ވުރެ ބާރުގަދަ ކެމެރާއެއް

22 ސެޕްޓެމްބަރ 2019

ވާވޭ މޭޓް30 ސިރީޒް އާންމުކޮށް ދައްކާލައިފި އެވެ. މި މަރުކާގައި ހިމެނެނީ ވާވޭ މޭޓް30 އަދި ވާވޭ މޭޓް30 ޕްރޮ އެވެ. މި ދެ ފޯނުން ކުރެ ކޮންމެ ފޯނެއްގެ ދެ މޮޑެލް ހިމެނެ އެވެ. މޭޓް 30، 4ޖީ އަދި އަދި 5ޖީ އެވެ. މޭޓް 30 ޕްރޮ، 4ޖީ އަދި 5ޖީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭ މޭޓް30 ސިރީޒް އާންމުކޮށް ދައްކާލައިފި އެވެ. މި މަރުކާގައި ހިމެނެނީ ވާވޭ މޭޓް30 އަދި ވާވޭ މޭޓް30 ޕްރޮ އެވެ. މި ދެ ފޯނުން ކުރެ ކޮންމެ ފޯނެއްގެ ދެ މޮޑެލް ހިމެނެ އެވެ. މޭޓް 30، 4ޖީ އަދި އަދި 5ޖީ އެވެ. މޭޓް 30 ޕްރޮ، 4ޖީ އަދި 5ޖީ އެވެ.

ސްމާޓްފޯނުތައް އުފެއްދުމުގައި، ފޯނަކުން ހިފޭ ބޭނުމަށް ވުރެ، ކެމެރާތައް ބާރުގަދަކުރަން ރޭސްޖަހާފައި ވާއިރު، ވާވޭ މޭޓް30 ޕްރޮ ގައި ވާދަވެރިންނަށް ދޫނުކުރާ ވަރުގެ ކެމެރާ ސެޓެއް ވަނީ ހިމަނައިފަ އެވެ. މި ފޯނުގެ ފަހަތުގައި 40 މެގަޕިކްސެމް "ވައިޑް އޭންގަލް" ކެމެރާއެއް، 40 މެގިޕިކްސެލް "އަލްޓްރާ ވައިޑް" ކެމެރާއެއް އަދި 8 މެގަޕިކްސެލް ޓެލެފޮޓޯ ކެމެރާއެއް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން "ތްރީޑީ ޑެޕްތު" ސެންސަރެއް ވެސް އަޅުފާފައި ވެ އެވެ. މިއީ މޭޓް30 ޕްރޮ ކެމެރާއެއް ގޮތުގައި ބޭނުންހިފާ ނަމަ އެހީތެރިވެދޭން ތިބި އާލާތްތަކެވެ.

ވާވޭ މޭޓް30 ޕްރޮ ގައި 4500 އެމްއޭޗް ބެޓެރީއެއް ވެސް ވަނީ ހިމަނާފަ އެވެ. އޮފިޝަލުން ބުނާ ގޮތުގައި ކިތަންމެ ވަރަކަށް ބޭނުންކުރި ނަމަވެސް، 9.2 ގަޑިއިރު ވަންދެން ބެޓެރީބާރު ދަމަހައްޓާނެ އެވެ. އާންމު ގޮތެއްގައި ވާވޭ ފޯނުތަކަކީ ވަރަށް ގިނައިރު ބެޓެރީ ދަމަހައްޓާ ފޯނުތަކެކެވެ. މި ފޯނާ މެދު ވެސް އެ ގޮތަށް ބެލެވެ އެވެ.

ސްމާޓްފޯން މާކެޓްގައި ފޯނުތައް ޗާޖުކުރުން ވެސް ވެފައި ވަނީ އާނދޮގޭ އަށެވެ. މޭޓް30 ޕްރޮ އޮތީ ވެސް ދޫކުރާ ގޮތަކަށް ނޫނެވެ. ބުނެވޭ ގޮތުގައި މި ފޯނާ އެކު ލިބޭ ކޭބަލް ޗާޖަރުގައި "40 ވޮޓް" ޕަންޕްކުރެވޭހާ ގާބިލުކަން ހިމަނާފައި ވެ އެވެ. އަދި ވަޔަލެސް ސްޕާޗާޖަރުގައި "27 ވޮޓް" ވަނީ ހިމަނާފަ އެވެ. އެހެން ނަމަވެސް ވަޔަލެސް ޗާޖަރަކީ ފޯނާ އެކު ލިބޭ އެއްޗެއްކަން އަދި ކަށަވަރެއް ނުވެ އެވެ.

މޭޓް30 ޕްރޮގެ އޯލެޑް ސްކްރީން ވަނީ ދާރަ އަށް ވާ ގޮތަށް ވަރަށް ބޮޑަށް ލަންބާލާފަ އެވެ. އެހެންކަމުން ފޯނުގައި "ފިޒިކަލް" ވޮލިއުމް ބަޓަނެއް ނުއިދެ އެވެ. ވޮލިއުމް ޑިޒައިންކޮށްފައި ވަނީ، އަޑު ބާރުކުރުމަށްޓަކައި ފޯނުގެ އަރިމަތީގައި އިނގިލިން ޖަހާލުމުން ސްކްރީނަށް އަރާ ގޮތަށެވެ. އެހެން ނަމަވެސް "ޕަވާ ބަޓަން" އެ ގޮތުގައި ދަމަހައްޓާފައި ވެ އެވެ.

މޭޓް30 ޕްރޮގެ ސްޕީކަރަކީ ފޯނުގެ ކްސްރީން އެވެ. އަޑު އަންނަނީ ސްކްރީނުންނެވެ. ބޭނުންކޮށްފައި ވަނީ "އެކޯސްޓިކް ޑިސްޕްލޭ ޓެކްނޮލޮޖީ" އެވެ.

ވާވޭ މޭޓް30 ޕްރޮ އަދި ބޭނުންކޮށްލަން އަތަށް ނުލިބުނު ނަމަވެސް، މި ފޯނުތައް ދައްކާލަން ބޭއްވި ހަފުލާ އަށް ދިޔަ ޓެކް ބްލޮގަރުން ބުނާ ގޮތުގައި، ސްމާޓްފޯނެއް ގޮތަށް މި ފޯނު ދަރަޖަކޮށްފި ނަމަ، މުހިންމު ބައެއް ފީޗާތައް އުނިވެން ދިއުން އެކަށީގެންވެ އެވެ. އެއީ "އާޓިފިޝަލް އިންޓެލިޖެންސް" ވެސް ހިމަނާފައި ވާތީ އެވެ. މިސާލަކަށް ބަޔަކާ އެކު ހުއްޓައި ފޯނަށް މެސެޖެއް އަތުވެއްޖެ ނަމަ، މެސެޖެއް ލިބިއްޖެކަން އެންގުމަށް ދައްކާލަނީ ހަމައެކަނި "ނޮޓިފިކޭޝަން" އެވެ. އެކަނި ހުއްޓައި މެސެޖެއް ލިބިއްޖެ ނަމަ، ކިޔަން އެނގޭ ވަރަށް ސްކްރީނަށް މެސެޖް ފަތުރާލަ އެވެ.

ވާވޭ މޭޓް30 ޕްރޮ: ސްމާޓްފޯނަކަށް ވުރެ ބާރުގަދަ ކެމެރާއެއް

ވާވޭ މޭޓް30 ޕްރޮ: ސްމާޓްފޯނަކަށް ވުރެ ބާރުގަދަ ކެމެރާއެއް

މޭޓް30 ޕްރޮގެ ބައިތައް ޑިޒައިންކުރުމުގައި "ޕޯޝޭ ޑިޒައިން"ގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދާފައި ވެ އެވެ. މިއީ ޑިޒައިންކުރުމަށް ދުނިޔެ ނަން ކިޔާ ކުންފުންޏެކެވެ. މި ކުންފުނީގެ ސްޓޫޑިއޯތައް ޖަރުމަން އަދި ލަންޑަންގައި ވެސް ހުރެ އެވެ.

ވާވޭ ވޭޓް30 އާންމު މާކެޓަށް ނެރުމުގައި މިއީ ތަފާތު އަހަރަކަށް ވާނެ ކަމަށް ބުނެވެ އެވެ. ވާވޭއިން މި ފޯނު ވިއްކަން ހަމަޖައްސާފައި ވަނީ ކޮން ގައުމުތަކެއްގައިކަން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް، ރާއްޖެ އަށް މި ފޯނު ގެންނަން މަސައްކަތްކުރަމުން ދާކަން ވަނީ ކަށަވަރުވެފަ އެވެ.